Roadha Mihaaru
ޔުނާންގެ ދެމަފިރިންގެ ބަންދަށް 7 ދުވަސް

ޔުނާންގެ ދެމަފިރިންގެ ބަންދަށް 7 ދުވަސް

05 އޮކްޓޯބަރ 2020

ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދެމަފިރިން ތަހުގީގަށް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ހަތް ދުވަސް ދީފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދެމަފިރިން ތަހުގީގަށް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ހަތް ދުވަސް ދީފި އެވެ.

ޔުނާންގެ ދެމަފރިން އުމުރުން 15 އަހަރުގެ ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މައްސަލައިގައި ދެމީހުން ހައްޔަރު ކުރީ ރޭ ދަންވަރު އެވެ.

ފުލުހުން ބުނީ މައްސަލައިގެ މުއްދަތު މަޖިލީހަށް ހާޒިރުކުރުމުން ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަސް ދީފައި ކަމަށެވެ.

މި ދެމީހުންގެ މައްޗަށް ކުރެވެނީ ޔުނާންގެ އާއިލީ ކުއްޖަކާ އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ.

އެނގިފައިވާގޮތުގައި ޔުނާން ބަންދުކޮށްފައި ހުރީ މާލޭ ޖަލުގަ އެވެ. އަދި އޭނާގެ އަންހެނުން ރިހުލާ ހުރީ ދޫނިދޫ ޖަލުގަ އެވެ.