އިންޑިއަން ނޭވީ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ ތިން ވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާވޭގައި ބައެއް ސަރަހައްދުތަކުގައި އުދައިގެ އޮބްޒަވޭޝަންތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.
03 މާޗް 2023
އިންޑިއަން ނޭވީ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ ތިން ވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާވޭގައި ބައެއް ސަރަހައްދުތަކުގައި އުދައިގެ އޮބްޒަވޭޝަންތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ ނޫސްބަޔާނުގައި ބުނީ އިންޑިއަން ނޭވަލް ޝިޕް އިންވެސްޓިގޭޓާ އިން ޖެނުއަރީ 19 އިން ފެބްރުއަރީ 26 ގެ ނިޔަލަށް ހައިޑްރޯގްރެފިކް ސާވޭގެ ތިން ވަނަ ބުރު ކުރިއަށް ގެންގޮސްފައި ކަމަށާއި އެ މުއްދަތުގެ ތެރޭގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ހއ. އާއި ހދ. އާއި ގައްލަންދު ކަނޑު ހިމެނޭ ގޮތަށް އުތުރުގެ ސަރަހައްދު ސާވޭ ކޮށްފައިވާ ކަމަށެވެ.
މި ސާވޭ ނިންމައި، މިދިޔަ އާދިއްތަ ދުވަހު އިންޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެެއްގައި އެ ގައުމުގެ ސަރުކާރުން ވަނީ ސާވޭ ކުރި ސަރަހައްދުތަކުގެ ހަތަރު ފެއާ ޝީޓް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލުކޮށްފަ އެވެ.
އެ ސާވޭގައި އެ އަތޮޅުތަކުގެ 6،308 ކިލޯމީޓަރުގެ ސައުންޑިން ކަށަވަރު ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެ ސައުންޑިން ލައިންތަކުން 2،630 އަކަ ކިލޯމީޓަރުގެ ސާވޭއެއް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި އިހަވަންދިއްޕޮޅުގެ ކުރީގެ ޗާޓް ހަދާފައި ވަނީ 1934 ވަނަ އަހަރު ކުރި ސާވޭތަކުގެ މައްޗަށް ބިނާކޮށެވެ. އެހެންވެ އެ ސަރަހައްދުގެ ސާވޭ ހެދިއިރު އެތަން ސާވޭ ކުރީ އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އެއްގަމާއި ބޯޓާއި ހެލިކޮޕްޓަރާއި އެކި އުޅަނދުފަހަރު ބޭނުންކޮށްގެން ކަމަށް ބުންޏެވެ.
"ހެލިކޮޕްޓަރާއި ބޯޓު ދަތުރުތަކާއި 88 ކިލޯމީޓަރުގެ ފައި މަގުގައި ސާވޭކުރުމުގެ އިތުރުން ގިނަ ސަރަހައްދުތަކެއްގައި ސާވޭކުރުމަށް މަލްޓި ބީމް އެކޯ ސައުންޑާ ބޭނުންކޮށްފައިވޭ. މި ސާވޭގައި އިހަވަންދިއްޕޮޅު އަވަށުގެ ތެރެއިން އަލަށް 52 ޝޮލް ފެނިފައިވޭ." ހައިކޮމިޝަނުން ބުންޏެވެ.
ހައިކޮމިޝަނުން ބުނީ އެ ސާވޭގެ ސަބަބުން އުޅަނދުފަހަރުގެ ނޭވިގޭޝަން ސޭފްޓީ އިތުރުވެ، ރާއްޖޭގެ ނޫ އިގްތިސޯދު ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށެވެ. އޭގެ ތެރޭގައި އަޕްޑޭޓް ނޭވިގޭޝަން ޗާޓާއި އިލެކްޓްރޯނިކް ޗާޓުތައް އުފެދޭނެ އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ކުޅުދުފުއްޓާއި މާރަންދޫ އަދި ހޯރަފުށީގެ އުދައިގެ އޮބްޒަވޭޝަންތަކެއް ވެސް މި ސާވޭގެ ތެރެއިން ކުރި އެވެ. އެހެންވެ ކުރިއަށް އޮތްތަނުގައި އެ ސަރަހައްދުގެ އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެ ކަމަށް ބުންޏެވެ.
"ކުޅުދުފުއްޓާއި މާރަންދޫ އާއި ހޯރަފުށީގައި ވެސް އާ ބެންޗްމާކްތަކެއް ގާއިމުކޮށްފައިވާއިރު އޭގެ ސަބަބުން އުދައިގެ ސައްހަ ރީޑިން އާއި އަންދާޒާތަކަށް މަގުފަހިވެގެންދާނެ އެވެ،" ހައިކޮމިޝަނުން ބުންޏެވެ
އެ ސާވޭގެ ސަބަބުން، އިހަވަންދިއްޕޮޅާއި ތިލަދުންމަތި ހިމެނޭ ގޮތަށް ބޮޑު ދެ ޗާޓާއި މީޑިއަމް ޗާޓް ޗާޕުކުރުމަށް މަގުފަހިވާނެ ކަމަށް ވެސް ބުންޏެވެ.
ހައިކޮމިޝަނުން ބުނި ގޮތުގައި އެ ސާވޭ ކުރިއަށް ގެންދިޔައީ ސިފައިންގެ ތެރޭގައި ހައިޑްރޯގްރެފިކް ފެސިލިޓީތައް ގާއިމުކުރުމަށް އިންޑިއާ އިން ރާއްޖެ އަށް އެއްބާރުލުން ދިނުމުގެ ސިޔާސަތުގެ ދަށުންނެވެ.
އިންޑިއާ މަސްވެރިންގެ ސަބަބުން ނުރައްކަލެއް ނެތް
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
އައްޑޫގައި ތިބި އިންޑިއާ ސިފައިން ފައިބައިފި
ސިވިލިއަނުން ގެންނަނީ އިންޑިއާ ސިފައިން ތިބި އަދަދަށް
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
"ކަނޑު އަމިއްލައަށް ބެލެހެއްޓުމާ ދެކޮޅުވުން ލަދުވެތި"
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
އިންޑިއާ ސިފައިން ތިބީ ގަޔަށް ބަޑިދިއްކޮށްގެން: ކައްޕި
"ދޯނިތަކަށް އިންޑިއާ ސިފައިން އެރީ ގާނޫނާ ހިލާފަށް"