Roadha Mihaaru
ބަގީ އެއްބަސްވުން ބާތިލްކުރުން: ވަގުތީ އަމުރެއް ނެރެފި

ވިލިމާލޭ ބަގީ ހިދުމަތުގެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި ވަގުތީ އަމުރެއް ނެރެފި

13 މާޗް 2023

ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން އަމިއްލަ ކުންފުންޏަކާ އެކު ހެދި އެއްބަސްވުން މާލޭ ސިޓީ ކައުންސިލުން ބާތިލްކުރި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން އަމިއްލަ ކުންފުންޏަކާ އެކު ހެދި އެއްބަސްވުން މާލޭ ސިޓީ ކައުންސިލުން ބާތިލްކުރި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ނައިންޓީ 9 ހޯލްޑިންގްސްއާ އެކު ހެދި އެއްބަސްވުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ކައުންސިލުން ބާތިލް ކުރުމަށްފަހު، އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ ހަވާލުކުރި ބިންތައް އަނބުރާ ދޭން އެންގި މައްސަލަ އެ ކުންފުނިން އޮތީ ކޯޓަށް ހުށަހަޅައިފަ އެވެ.

ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެ ކުންފުނިން އެދުމުން ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެ އެއްބަސްވުމުގެ ދަށުން ނައިންޓީ 9 ކުންފުންޏަށް ދޫކުރި ބިންތަކުގައި އެ ކުންފުނިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ.

ވިލިމާލޭގެ ބަގީގެ ހިދުމަތް ފަށަން ސިޓީ ކައުންސިލުން ތައްޔާރުވެފައި: އެމްޓީސީސީން އަންނަނީ ބަހުގެ ހިދުމަތް ވެސް ވިލިމާލޭގައި ދެމުން.

ވިލިމާލޭގެ ބަގީގެ ހިދުމަތް ފަށަން ސިޓީ ކައުންސިލުން ތައްޔާރުވެފައި: އެމްޓީސީސީން އަންނަނީ ބަހުގެ ހިދުމަތް ވެސް ވިލިމާލޭގައި ދެމުން.

ސިވިލް ކޯޓުގެ އަމުރުގައިވަނީ އެ ކުންފުންޏަށް ލިބޭ ގެއްލުމާއި ސިޓީ ކައުންސިލަށް ލިބޭ ގެއްލުން ވަޒަން ކުރަން އުނދަގޫ ކަމަށެވެ. އެހެންވެ، މި ހާލަތުގައި ދެން އަމަލު ކުރަން ޖެހޭނެ ގޮތަކީ ހައި ކޯޓުން ނިންމާފައިވާ ފަދައިން ކުރިން އޮތް ހާލަތު (ސްޓެޓަސް ކޯ) ދެމެހެއްޓުން ކަމަށް އަމުރުގައިވެ އެވެ.

އެހެންވުމުން އެ މައްސަލަ ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ބަގީގެ ހިދުމަތް ދިނުމުގެ އެއްބަސްވުން ބާތިލްކުރި ނިންމުމަށް އަމަލުކުރުން ފަސްކުރަން އެންގީ ކަމަށް އެ އަމުރުގައިވެ އެވެ.

ސިވިލް ކޯޓުން އެގޮތަށް އެންގިއިރު، ސިޓީ ކައުންސިލުން އަމިއްލައަށް ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ނިންމައި، އެކަމަށް ބޭނުންވާ ބަގީތައް މިހާރު ވަނީ ހޯދައިފަ އެވެ. އަދި މި ހަފުތާގައި ބަގީގެ ހިދުމަތް ދޭން ފަށާނެ ކަން އޮތީ އިއުލާންކޮށްފަ އެވެ.

އަނެއްކޮޅުން އެމްޓީސީސީން ވަނީ ވިލިމާލެއަށް ބަހުގެ ހިދުމަތް ތައާރަފްކޮށް، އެ ހިދުމަތް ދޭން ފަށައިފަ އެވެ.