Roadha Mihaaru
އަންހެނުން ބާރުވެރިކުރުވުމުގެ އެވޯޑް އެމްޓީސީސީ އަށް

އަންހެނުން ބާރުވެރިކުރުވުމުގެ އެވޯޑް އެމްޓީސީސީ އަށް

21 މާޗް 2023

ރޭ ބޭއްވި ރެހެންދި އެވޯޑުގައި، މަސައްކަތުގެ މާހައުލުގައި އަންހެނުން ބާރުވެރިކުރުވައި އަންހެނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުންޏަށް ދޭ އެވޯޑު އެމްޓީސީސީއަށް ދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރޭ ބޭއްވި ރެހެންދި އެވޯޑުގައި، މަސައްކަތުގެ މާހައުލުގައި އަންހެނުން ބާރުވެރިކުރުވައި އަންހެނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުންޏަށް ދޭ އެވޯޑު އެމްޓީސީސީއަށް ދީފި އެވެ.

އެ ކުންފުނިން އެ އެވޯޑާ ހަވާލުވެވަޑައިގަތީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ އެވޯޑަކީ އެ އެ ކުންފުނިން އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތުތަކެއް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު ކުރި އެރުމެކެވެ. އަދި އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ހުރި ކަން ވެސް ފާހަގަކުރި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ފަދަ އެވޯޑެއް ލިބުމުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ވަނީ ލިބިފަ އެވެ. އަދި އެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ފުޅާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރެހެންދި އެވޯޑު ދޭން ފެށީ 2014 ވަނަ އަހަރު އެވެ. އެ އެވޯޑު ދެނީ އަންހެނުން ކުރާ މަސްއްކަތްތަކާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. މި އެވޯޑު ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި މުއައްސަސާތަކަށް ވެސް ދެ އެވެ