Roadha Mihaaru
ރެހެންދި އެވޯޑް 15 ފަރާތަކަށް

ރެހެންދި އެވޯޑް 15 ފަރާތަކަށް

06 ސެޕްޓެމްބަރ 2021

އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ރެހެންދި އެވޯޑު 15 ފަރާތަކަށް މިރޭ ދީފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ރެހެންދި އެވޯޑު 15 ފަރާތަކަށް މިރޭ ދީފި އެވެ.

މި އަހަރު އެވޯޑު ހަފުލާގައި މިދިޔަ އަހަރު ރެހެންދި އެވޯޑަށް ހޮވުނު ފަރާތްތަކަށް ވެސް ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ. މިދިޔަ އަހަރު ހަތެއް އަދި މި އަހަރަށް އަށް ފަރާތަކަށް މިރޭ އެވޯޑު ދީފައިވެ އެވެ.

ރެހެންދި ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

2020 ވަނަ އަހަރުގެ ރެހެންދި އެވޯޑު ލިބުނު ފަރާތްތައް

އިޖުތިމާއީ ދާއިރާ: ފާތިމަތު އިބްރާހިމް އަދި މަރިޔަމް ޝުނާނާ

އަދާކުރާ ވަަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ: އައިޝަތު ހުސެއިން މަނިކެ، އާމިނަތު އަމީނާ، ހައްވާ ލަތީފު، މިންހާ ފާއިޒު ރަޝާދު އަދި ޝިފްޒާ މުސްތަފާ

2021 ވަނަ އަހަރު އެވޯޑު ލިބުނު ފަރާތްތައް

- ތައުލީމީ ދާއިރާ: އަހުމީމާ ލުތުފީ

- ސައިންސް ޓެކްނޮލޮޖީ އިންޖިނިއަރިން، މެތަމެޓިކްސް ދާއިރާ: ޒީނިއާ އަހުމަދު ހަމީދު އަދި އައިޝަތު ޝަހާ ހާޝިމް

- ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާ: ނާދިޔާ އަބްދުލްޣަފޫރު

- ކުޅިވަރުގެ ދާއިރާ: ހައްވާ ރާމިޒާ

- އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްފައިވާ ހިދުމަތުގެ ދާއިރާ: ސާޖަންޓް ފަސްޓް ކްލާސް ނަސީރާ ހަސަން

- އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާ: ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ

- އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ފިރިހެނުންނާއި އަންހެނުންގެެ އެވޯޑު ހުށަހެޅޭ ކުރިމަތިލެވޭ ދާއިރާ: ޝިޔާމާ އަހުމަދު

މި އަހަރު މިދިޔަ އަހަރާ އެކު ރެހެންދި އެވޯޑު ދީފައި ވަނީ ކޮވިޑާ ހެދި މިިދޔަ އަހަރު އެ އެވޯޑު ރަސްމިއްޔާތު ނުބޭއްވުމުންނެވެ.

ރެހެންދި އެވޯޑު ދޭން ފެށީ 2014 ވަނަ އަހަރު އެވެ. އެ އެވޯޑު ދެނީ އަންހެނުން ކުރާ މަސްއްކަތްތަކާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. މި އެވޯޑު ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި މުއައްސަސާތަކަށް ވެސް ދެ އެވެ.