Roadha Mihaaru
ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން ހަވާއަރުވަނީ

ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ މާލޭގައި ހަވާ އަރުވަނީ

29 މާޗް 2023

ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން (ކައިޒިން) ގެ އުފަންދުވަސް ފާހަގަކުރަން މާލޭގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ. އޭނާގެ އުފަންދުވަހަކީ މާދަމާ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން (ކައިޒިން) ގެ އުފަންދުވަސް ފާހަގަކުރަން މާލޭގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ. އޭނާގެ އުފަންދުވަހަކީ މާދަމާ އެވެ.

އެމްއެންޑީއެފުން ބުނީ، މިރޭ ދަންވަރު 12 ޖަހާއިރު ހަވާ އަރުވާނީ އުސްފަސްގަނޑާ ދިމާލުން ބޭރު ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. ހަވާ އަރުވާނީ ސިފައިން ބުނިގޮތުގައި ހަ މިނިޓަށެވެ.

"މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށް ގެންދާ ހަރަކާތެކެެވެ،" އެމްއެންޑީއެފުން ކުރި ޓުވީޓެއްގައި ވެ އެވެ.

ދިވެހިންގެ ބޭނުމަކަށް ނަމަ ހަވާއަރުވައި ދެނީ ކޮންމެ މިނިޓަކަށް 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. އާންމުކޮށް ހަވާ އަރުވަން ކޮންމެ މިނިޓަކަށް 800 ޑޮލަރު ހޭދަކުރެ އެވެ.

އެ ރޭޓުން ބަލައިފި ނަމަ ކައިޒިންގެ އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ހަވާ އެރުވުމަށް 75،000ރ. ހަރަދު ވެ އެވެ.

ދިވެހިންގެ ބޭނުމަށް ނަމަ ހަވާ އަރުވަން ހަރަދުވާ ފައިސާ ނަގަނީ ރުފިޔާ އިންނެވެ.

ސޯޝަލް މީޑިއާގައި އެންމެ ކުރީގައި އުޅޭ އެންމެ ވަރުގަދަ އެއް އިންފުލެއެންސަރު، ކައިޒީން މިދިޔަ ދެ އަހަރު ވެސް އުފަން ދުވަސް ފާހަގަކުރީ ރާއްޖެ އިން ބޭރުގަ އެވެ.

މިދިޔަ އަހަރު އޭނާގެ އުފަން ދުވަސް ފާހަގަކުރީ އިންޑިއާގެ ތާޖް މަހަލްގަ އެވެ. އޭގެ ކުރީ އަހަރު ދުބާއީގަ އެވެ.