Roadha Mihaaru
ކަނޑުހުޅުދޫގައި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެެއްޖެ

އަމިއްލަ އަށް މަރުވާނެ ކަމުގެ އިންޒާރަށް ފަހު ޒުވާނަކު މޫދުގައި މަރުވެއްޖެ

31 މާޗް 2023

ގއ. ކަނޑުހުޅުދޫ ޒުވާނަކު، ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެ އެެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގއ. ކަނޑުހުޅުދޫ ޒުވާނަކު، ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެ އެެވެ.

މަރުވެފައި އޮއްވާ ފެނުނީ 24 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެ ޒުވާނާ މިއަދު ފަތިހު 4:25 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ހަބަރެއް ނުވި ކަމަށްބުނެ 4:45 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އާއިލާ މީހުންނާ އެކު އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ސައިކަލަކާ އެކު އެ ރަށުގެ ފަޅުތެރެ މޫދުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ރަށުން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ މަރުވެފައި އޮއްވާ ފެނުނު ޒުވާނަކީ ސިިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށެވެ.

"ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނުއިރު ސައިކަލުގައި ހުރި ވަލެއް އައްސާފައި. އެ ވަލުގެ އަނެއްކޮޅު އޭނާގެ ފައިގައި އައްސައިފަ އޮތީ." އޭނާ ބުންޏެވެ.

ފަތިސް ނަމާދަށް މީހުން ދިޔަ ވަގުތު އެ ގޭ ދޮރުމަތިން ފެނުނު ކަމަށް މީހުން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އަމިއްލައަށް މަރުވާނެ ކަމަށް ބުނެ މީގެ ކުރިން ވެސް އޭނާ އެތައް ފަހަރަކު ބުނެފައިވާ ކަމަށާއި މަރުވާން ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އާއިލާއިން ޖެންޑާ އަށް ފޮނުވާލުމަށް އެތައް ފަހަރަކު އެދިގެން ވެސް އެކަން މިއަދާ ހަމައަށް ވެސް ވެފައި ނުވާ ކަަމަށް އޭނާ ބުންޏެވެ.

"ވަރަށް ދުވަސް ވެއްޖެ އާއިލާއިން އެ ކުއްޖާ ތިނަދު އަށް ގެންދިއުމަށް އެދޭތާ. އާދިއްތަ ދުވަހު ގެންދާ ވާހަކަ ބުނެފަ އޮތީ. އެހެން ހުއްޓާ މިއަދު އެ މަރުވީ."