Roadha Mihaaru
ގާސިމް، ކޯލިޝަންގެ ދައުވަތު ޔާމީނާއި ނާޒިމަށް!

ކޯލިޝަން ހެދުމުގެ ދައުވަތު ޕީޕީއެމާއެކު ހަތަރު ފަރާތަކަށް ގާސިމް ދެއްވަނީ!

03 އެޕްރީލް 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމާ އެކު އިތުރު ހަތަރު ފަރާތަކަށް ދޭން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވައިފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމާ އެކު އިތުރު ހަތަރު ފަރާތަކަށް ދޭން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި ގާސިމް ނިންމަވާފައި ވަނީ ޕީޕީއެމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކޯލިޝަންގެ ދައުވަތު ދެއްވުމަށެވެ.

ގާސިމް މިއަދު ވަނީ އެ ބޭފުޅުންނަށް ފޮނުވާ ކޯލިޝަންގެ ދައުވަތުގެ ސިޓީގައި ސޮއިކުރައްވައިފަ އެވެ. އެކަމަކު، ސިޓީތައް ފޮނުއްވި ކަމެއް އަދި ކަށަވަރެއް ނޫނެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ ގާސިމަށް، ޖޭޕީން އިސްވެ ކޯލިޝަން ހެދުމަށް އެކި ފަރާތްތަކާއެކު މަޝްވަރާ ކުރުމުގެ ބާރު އެ ޕާޓީގެ ކައުންސިލުން ވަނީ ދީފަ އެވެ.

ކޯލިޝަން ހެދުމުގެ ދައުވަތު ގާސިމް ދެއްވި އެމްއާރުއެމް ފިޔަވައި އެހެން ހުރިހާ ޕާޓީތަކާއި ބޭފުޅުން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ވަކިން ނުކުންނަވާނެކަން އިއުލާން ކުރައްވައިފަ އެވެ. އެއީ އެމްއެންޕީގެ ރައީސް ނާޒިމާއި ޑރ. މުނައްވަރު އަދި އުމަރެވެ. އެމްއާރުއެމުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ގާސިމްގެ ފަހަތުގައި މިހާތަނަށް ރަސްމީކޮށް ތިބިކަން އިއުލާން ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމުންނެވެ.

ކޯލިޝަންގެ ދައުވަތު ގާސިމް ދެއްވަން ނިންމެވި ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން ބުނެފައި ވަނީ އެއްވެސް ބަޔަކާއެކު، މި އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ނުހަދާނެ ކަމަށެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެކަމަކު، އެ ހުކުމް އަދި ދެމިއޮތުމުން އެ މަނިކުފާނަށް ވަނީ ގާނޫނީ ގޮތުން ފުރުސަތު ގެއްލިފަ އެވެ. ނަމަވެސް އިސްތިއުނާފުގެ މަރުހަލާ ނިމޭ ގޮތަކުން އެ ފުރުސަތު ފަހިވާނެ އެވެ.