އޭނާގެ ހިތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އޮތް އިހުސާސަކީ އިހުތިރާމް ކަމަށް ވިދާޅުވެ، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިއަދު ގާސިމަށް ރައްދު ދެއްވައިފި އެވެ.
02 ޖޫން 2023
އޭނާގެ ހިތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އޮތް އިހުސާސަކީ އިހުތިރާމް ކަމަށް ވިދާޅުވެ، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިއަދު ގާސިމަށް ރައްދު ދެއްވައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްއެންޕީން ނުކުންނަވާ ރިޔާސީ ކެންޑިޑޭޓް ނާޒިމްގެ ރައްދު ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމަށް މި އަމާޒު ކުރެއްވީ، ޗާގޮސް މައްސަލާގައި އިދިކޮޅު ފަރާތްތަކުން މާލޭގައި މިރޭ ބާއްވާ އެއްވުމުގައި ބައިވެރިވެވައިގަތުމުގެ ބޭނުމެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީ އެކަމާ ދެކޮޅަށް ވީޓީވީގައި ގާސިމް ދެއްކެވި ވާހަކަތަކެއްގައި އެމްއެންޕީގެ އިސްބޭފުޅަކަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ގާސިމް ވިދާޅުވީ، އޭނާ "ދުއްވާލައިގެން ނޫން ގޮތަކަށް" ވެރިކަން ކުރެވެން ނެތް ކަމަށް އެމްއެންޕީގެ ވަރަށް އިސް ދެ ބޭފުޅަކު އޭނާގެ އަރިހުގައި ވިދާޅުވެފައިވާ ކަމަށެވެ.
"މި ހުރީ ބައްލަވާ. ކޮން ކަމަކާ ތޯ؟ ކާނަލް ނާޒިމްމެން ނޫނިއްޔާ އެ ޕާޓީ ހަދަން އެންމެ ފުރަތަމަ ވާހަކަ ދައްކައިގެން ތިއްބެވި އަބްދުﷲ ރިޔާޒާއި އެ ބޭފުޅުންގެ މާޒީ ބައްލަވާ. އަޅުގަނޑު ކޮންމެހެން އެ ވާހަކަ ދައްކާކަށް ނެތިން" ކުރިން ޖޭޕީގައި ވަރަށް އިސްކޮށް ތިއްބެވި ނާޒިމާއި ރިޔާޒަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.
އެހެންވެ، އޭގެ ރައްދު ޓުވީޓަކުން ދެއްވަމުން ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ، ގާސިމާ ހިސާބަށް ދޮގު މައުލޫމާތު ބަޔަކު ގެންގޮސްދިނުމަކީ ގާސިމަށް ބަޔަކު ދޭ ބޮޑު ގެއްލުމެއް ކަމަށެވެ.
"އަޅުގަނޑު ވެސް އަދި އަޅުގަނޑަށް ހެޔޮއެދޭ މީހަކު ވެސް، މަނިކުފާނަށް އަދި އެހެން ވެސް ދިވެހި ރައްޔިތަކަށް ގެއްލުމެއް އަދި ނިކަމެތިކަމެއް ނުދޭނެ އަދި އެފަދަ ވާހަކައެއް ވެސް ނުދައްކާނެ. މަނިކުފާނާ މެދު އަޅުގަނޑުގެ އިހްސާސަކީ އިހްތިރާމް،" ގާސިމް ޓެގް ކުރައްވައި ކުރެއްވި ޓުވީޓުގައި ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދުވެސް މަަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުގައި އިހްލާސްތެރި މަސައްކަތެއް ގައުމަށް ކޮށްދިނުމަށް."
ގާސިމް މިއަދު ވިދާޅުވީ، ޖޭޕީ ދޫކުރައްވައި ނާޒިމާއި ރިޔާޒް ވަޑައިގަތީ އެ ބޭފުޅުންގެ ތަސައްވުރެއް އޮވެގެން ކަމަށާއި "ކޮންމެހެން އަޅުގަނޑުގެ ގައިގައި ޖަހާކަށް ނުޖެހޭ" ކަމަށެވެ.
ނާޒިމާއި ރިޔާޒް ޖޭޕީ ދޫކުރެއްވި ދުވަސްވަރު ވެސް ޖޭޕީގެ ބައެއް އިސްބޭފުޅުންނާ ދެމެދު ބަހުގެ ހަމަލަތަކެއް ބަދަލުކޮށްފައި ވެ އެވެ. އެ ބޭފުޅުން ޖޭޕީ ދޫކުރެއްވީ އެ ޕާޓީގެ ލީޑަޝިޕާ މެދު އޮތް ހިތްހަމަނުޖެހުމަކާ ހެދި އެވެ.
ގާސިމް ވިދާޅުވީ، ޗާގޮސްގެ މައްސަލާގައި މިރޭ ބާއްވާ ބައްދަލުވުމަށް އޭނާ ވަޑައިގެންފި ނަމަ "ބޮނޑިއެއް" ދީފާނެ ކަމުގެ ބިރު އޮންނާނެ ކަމަށެވެ. އޭގެ ނަތީޖާއަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބު ކުރަން ބޭނުންވެފައި ތިބި މީހުންގެ ވަގުތު ގެއްލުން ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމާއި ނާޒިމަށް ލަދުވެތި ނަތީޖާއެއް!
އެއް ކެންޑިޑޭޓަކު ނެރެން ތިން ޕާޓީން އެއްބަސްވެއްޖެ
ގާސިމާއި ނަޝީދާއި ނާޒިމް މިއަދު ބައްދަލުކުރައްވަނީ
އިންތިހާބަށް ޖޭޕީ އާއި އެމްއެންޕީން ފޯމިއުލާއެއް ހޯދަނީ
ކޯލިޝަން ހަދަން ގާސިމްގެ ފަހަތަށް އަރާނެ ބަޔަކު ނެތް؟
ކެމްޕޭންގައި މިއުޅެނީ ރައީސަށް ވުރެ ފަހަތުގައި: ގާސިމް
ގާސިމް، ކޯލިޝަންގެ ދައުވަތު ޔާމީނާއި ނާޒިމަށް!
ޖޭޕީއަށް ގޮންޖެހުމެއް ނެތް، މިސްރާބު އިންތިހާބަށް!
ނާޒިމާއި ރިޔާޒަށް 10 މިލިއަން ހަރަދު ކުރިން: ގާސިމް
ނާޒިމްގެ ޕާޓީ އަކީ ޖޭޕީއަށް ލިބުނު ކްރެޑިޓެއް: ގާސިމް