Roadha Mihaaru
ގާސިމާއި ނަޝީދާއި ނާޒިމް މިއަދު ބައްދަލުކުރައްވަނީ

ގާސިމާއި ނަޝީދާއި ނާޒިމް މިއަދު ބައްދަލުކުރައްވަނީ

19 ޖުލައި 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތް ކުރުމުގެ ފޯމިއުލާއެއް ނެރުމުގެ މަޝްވަރާތައް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އިސްވެ، އިއްޔެ އެމްއެންޕީއާ އެކު ކުރެއްވުމަށް ފަހު، ގާސިމާއި ނާޒިމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި މިއަދު ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން ތާވަލް ކޮށްފައި ވަނީ ޖޭޕީގެ އޮފީސް މ. ކުނޫޒްގަ އެވެ. ބައްދަލުވުމުގެ އެޖެންޑާ އަދިއެއް ނޭނގެ އެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމްގެ އެދިވަޑައިގަތުމަކަށް އެމްއެންޕީގެ ފަރާތުން އޭނާއާ ސަން އައިލެންޑް ރިސޯޓްގައި އިއްޔެ ބައްދަލުކުރެއްވީ އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމްގެ އިތުރުން ނައިބު ރައީސް އަބްދުﷲ ރިޔާޒާއި ނާޒިމްގެ ތަރުޖަމާން އަހުމަދު އުޝާމެވެ.

"ދެއްކެވުނު ވާހަކަތައް ވަރަށް ކާމިޔާބު. އުއްމީދުތަކެއް އަޅުގަނޑުމެންނަށް ލިއްބައިދިން. ދެން އިތުރަށް ކުރިއަށް ގޮސް މެދުކެނޑުމެއް ނެތި ބައްދަލުވުންތައް ދާ ގޮތް އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ގެނެސްދޭނަން،" އެމްއެންޕީއާ އެކު އޮތް ބައްދަލުވުމަށް ފަހު ގާސިމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ، ގާސިމާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކީ ރިޔާސީ އިންތިހާބާއި އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ދެ ޕާޓީން އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ކަމަށެވެ.

ޖޭޕީގެ ލީޑަރު ގާސިމް އަރިހުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމާއި އެ ޕާޓީގެ ބައެއް އިސްވެރިން އިއްޔެ ބައްދަލުކުރައްވަނީ.--- ފޮޓޯ: ޓުވިޓާ

ޖޭޕީގެ ލީޑަރު ގާސިމް އަރިހުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމާއި އެ ޕާޓީގެ ބައެއް އިސްވެރިން އިއްޔެ ބައްދަލުކުރައްވަނީ.--- ފޮޓޯ: ޓުވިޓާ

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެ ޕާޓީއަށް އެކުގައި މަސައްކަތް ކުރެވޭނެ ހަމަ ރަނގަޅު ފޯމިއުލާއެއް ނެރެވޭނެ. ކުރިއަށް އޮތް ތާނގައި މި މަޝްވަރާތައް މިގޮތަށް ކުރިއަށް ގެންދާނަން،" އުޝާމް ވިދާޅުވި އެވެ.

ގާސިމާއި ނާޒިމް އަދި ނަޝީދު މި ފަހަރުގެ ރިޔާސީ އިންތިހާބަށް ގުޅިގެން މަސައްކަތް ކުރައްވާ މިސްރާބަކަށް ދަތުރުކުރާ ކަމަށް ބެލެވޭއިރު ގާސިމާއި ނަޝީދު މީގެ ކުރިން ވެސް އެކުގައި މަސައްކަތް ކުރެއްވުމުގެ މަޝްވަރާތަކެއް ކުރެއްވި އެވެ. އެކަމަކު، ހައެއްކަ ބައްދަލުވުމަށް ފަހު ވަކިކޮޅެއްގައި ނުޖެހި ޖޭޕީ އާއި ނަޝީދުގެ މަޝްވަރާތައް މެދުކެނޑުނީ އެވެ. އެނގިފައިވާ ގޮތުގައި އެ މަޝްވަރާތައް އެ ފަހަރު ހުއްޓުނީ ނަޝީދު ގެންގުޅުއްވާ ބަރުލަމާނީ ނިޒާމާ ހެދި އެވެ. ނަޝީދު އޭރު ގެންގުޅުއްވި "ފިކުރަށް" ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތު އެ ދުވަސްވަރު ނެތުމަކީ ވެސް ސަބަބެކެވެ.

ނަމަވެސް ފަހުން ނަޝީދުގެ އަރިސް ބޭފުޅުން ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިފަ އެވެ. ނަޝީދަކީ ވެސް މިހާރު އެ ޕާޓީގެ މެމްބަރެކެވެ.