Roadha Mihaaru

ގޮނޑި ގެއްލުވާލަން އުޅޭ ކަމުގެ ތުހުމަތާ އެކު ނަޝީދަށް ފައްޔާޒުގެ އިންޒާރެއް

އިހުތިރާމް ކުރުމުގެ ގޮތުން ވިޔަސް ބެލޭނީ ވަކި ވަރަކަށް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް، ޕާޓިގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު އިންޒާރު ދެއްވައިފި އެވެ.

އެންޓި ކެމްޕޭނުގެ ތުހުމަތާ އެކު ފައްޔާޒުގެ އިންޒާރެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

14 އެޕްރީލް 2023

އިހުތިރާމް ކުރުމުގެ ގޮތުން ވިޔަސް ބެލޭނީ ވަކި ވަރަކަށް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް، ޕާޓިގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު އިންޒާރު ދެއްވައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މީގެ ކުޑައިރުކޮޅެއް ކުރިން ފައްޔާޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ ރިޔާސީ ޓިކެޓާ ގުޅިގެން އުފެދިފައިވާ "ތުންފިއްތުން" މިހާރު އެހެން ހިސާބަކަށް ގޮސްފައިވާ ކަމަށެވެ. އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުނުވެ، ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނުސީދާކޮށް މި އިންޒާރު ދެއްވީ މާދަމާ އޮންނަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް ކާމިޔާބު ވިޔަ ނުދޭން ޕާޓީ ތެރެއިން މަސައްކަތްކުރާ ކަމުގެ ތުހުމަތާ އެކުގަ އެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިބްރާހިމް ޝާޒާ ދެކޮޅަށް ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ސަން އައިލެންޑް ރިސޯޓުގައި މިދިޔަ ހުކުރު ދުވަހު އޮތް ރޯދަވީއްލުމުގައި ނަޝީދާއި ގާސިމް އަދި އެ ދެ ބޭފުޅުންގެ ބައެއް އަރިސް ބޭފުޅުން.

ސަން އައިލެންޑް ރިސޯޓުގައި މިދިޔަ ހުކުރު ދުވަހު އޮތް ރޯދަވީއްލުމުގައި ނަޝީދާއި ގާސިމް އަދި އެ ދެ ބޭފުޅުންގެ ބައެއް އަރިސް ބޭފުޅުން.

ފައްޔާޒު ތުހުމަތުކުރެއްވި ގޮތުގައި، ގުރައިދޫ ދާއިރާގެ ގޮނޑި ނާކާމިޔާބު ކޮށްލަން އެ ދާއިރާގެ އެމްޑީޕީގެ މެމްބަރުންނަށް ގުޅައި ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް ދަނީ އެދެމުންނެވެ. ފައްޔާޒް ވިދާޅުވީ "ޕާޓީ ފުނޑާލުމަށް" ކުރާ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމަށެވެ.

އެމްޑީޕީން މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީއަށްފަހު ޕާޓީގެ އެތެރޭގައި ވަނީ ރެނދުލައިފަ އެވެ. އެ އިންތިހާބުގެ ނާކާމިޔާބީއަށްފަހު ކުރީގެ ރައީސް ނަޝީދު ގެންދަވަނީ ރިޔާސީ ޓިކެޓު ކާމިޔާބުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ފާޅުގައި ނުކުންނަވައި، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއިދުކުރައްވަން ނިންމަވައިފަ އެވެ.

އެ ހުރިހާ ކަމަކާއެކު ވެސް ނަޝީދަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އޭރު ފައްޔާޒު ވިދާޅުވީ އެ މަނިކުފާނަށް އެއްވެސް ފިޔަވަޅެއް ނާޅަނީ ކުރާ އިހުތިރާމުން ކަމަށެވެ.