Roadha Mihaaru
ގުރައިދޫ ދާއިރާގެ އިންތިހާބު: ވޯޓުލުން ފަށައިފި

ގުރައިދޫ ދާއިރާގެ އިންތިހާބު: ވޯޓުލުން ފަށައިފި

15 އެޕްރީލް 2023

ވާދަވެރި ސިޔާސީ ތިން ޕާޓީން ފޯރިގަދަ ކެމްޕޭނަކަށް ފަހު، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ވާދަވެރި ސިޔާސީ ތިން ޕާޓީން ފޯރިގަދަ ކެމްޕޭނަކަށް ފަހު، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށް، ގުރައިދު އާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގެ އިއްޒުއްދީން ސްކޫލްގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު އަށަކުން ހަވީރު ހަތަރަކަށެވެ.

ހެނދުނު 8 ޖެހުމާއެކު، ހުރިހާ ރަށެއްގައި ވެސް ވޯޓުލުން ވަނީ ފަށައިފަ އެވެ.

މާލޭގައި ތިބި ގުރައިދޫ ދާއިރާގެ މީހުންގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ އިއްޒުއްދީން ސްކޫލްގަ އެވެ. އެ ފޮއްޓަށް 451 މީހަކު ވޯޓުލާން ޖެހެ އެވެ.

ގުރައިދޫ ދާއިރާ ބައި-އިލެކްޝަން ވާދަކުރައްވާ ރިޒާ (ކ) ޝާޒް އަދި އާރިފް.

ގުރައިދޫ ދާއިރާ ބައި-އިލެކްޝަން ވާދަކުރައްވާ ރިޒާ (ކ) ޝާޒް އަދި އާރިފް.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ، އެ ދާއިރާ ތަމްސީލް ކުރެއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ފެބްރުއަރީ މަހު އަވަހާރަވުމުންނެވެ.

އެ ގޮނޑިއަށް މިފަހަރު ވާދަކުރައްވަނީ ގުރައިދު އަށް އުފަން ތިން ބޭފުޅުންނެވެ. ވޯޓުލުމުގެ ހައްގު 3،000 މީހުންނަށް ލިބެ އެވެ.

ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުން

ހުސެއިން ރިޒާ (ޕީޕީއެމް)

އިބްރާހިމް ޝާޒް (އެމްޑީޕީ)

އަލީ އަރީފް (އެމްއެންޕީ)

ގުރައިދޫގައި ވޯޓުލާން ތިބި ބައެއް ޒުވާނުން އިށީނދެގެން.

ގުރައިދޫގައި ވޯޓުލާން ތިބި ބައެއް ޒުވާނުން އިށީނދެގެން.

ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރުން ތިން ޕާޓީއަށް ވެސް މުހިންމެވެ. މިއީ، މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން މި ތިން ޕާޓީގެ ތެރެއިން އެ ދާއިރާގެ ތާއީދު އޮތް ބައެއް ވަޒަންކުރެވޭނެ އިންތިހާބެކެވެ.

މި ގޮނޑި ވޭތުވެދިޔަ 14 އަހަރު ކޮންޓްރޯލްކުރީ އިދިކޮޅު ޕީޕީއެމުންނެވެ. އެ ޕާޓީން ބުނަނީ ގޮނޑި ދިފާއުކުރެވޭނެ ކަަމަށެވެ. އެމްޑީޕީ އާއި އެމްއެންޕީން ވެސް ތިބީ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަމުގަ އެވެ.

މި ދާއިރާއަށް މެމްބަރަކު ހޮވަން 2019 ގައި ބޭއްވި އިންތިހާބުގައި ރިޒާ ގޮނޑި ކާމިޔާބުކުރެއްވީ 47 ޕަސެންޓުންނެވެ. އެމްޑީޕީއަށް ލިބުނީ 41 ޕަސެންޓެވެ. އެފަހަރު ވޯޓުލުމުގެ ހައްގު 3،139 މީހުންނަށް ލިބުނެވެ.