16 އެޕްރީލް 2023
ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ ތަހުގީގުގައި ރަށު ބައެއް މީހުންގެ ސާމްޕަލް ނަގައިފި އެވެ.
ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ ތަހުގީގުގައި ރަށު ބައެއް މީހުންގެ ސާމްޕަލް ނަގައިފި އެވެ.
ނައީމާ މަރާލާފައި އޮއްވައި މި މަހުގެ ހަތް ވަނަ ދުވަހު ފެނުނު ފަހުން އެ މައްސަލާގައި ފުލުހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެކަމަކު އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ނައީމާގެ ގެޔަށް އާންމުކޮށް ވަދެ އުޅޭ މީހުންގެ އިނގިލީގެ ނިޝާން ނަގާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގުގައި އެ ރަށުގެ ބައެއް ގެތަކަށް ގޮސް އާންމުންނާ އިންޓަވިއުކޮށް، ޝައްކުވާ ކަންކަން ހުރި ނަމަ ހިއްސާ ކުރުމަށް އެދިފައިވާ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ތަހުގީގާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ މީޑިއާއާ ހިއްސާކުރާނެ މައުލޫމާތެއް އަދި ނެތް ކަމަށެވެ.
އެކަނި ދިރިއުޅުނު ނައީމާ މަރާލާފައި އޮއްވައި ފެނުނީ އޭނާގެ ހަބަރެއް ނުވާތަ ދެ ދުވަސް ފަހުހުން ފުލުހުން ގޮސް ކޮޓަރީގެ ދޮރު ވައްޓާލައިގެން ވަދެ ބެލި އިރު އެވެ. އޭނާ ފެނުނުއިރު ހަށިގަނޑުގައި ބޮޑެތި ޒަހަމްތައް ހުއްޓެވެ. ތަހުގީގަށް ބޭނުންވާ މައުލޫމާތު ފުލުހުން ނެގުމަށް ފަހު، ނައީމާގެ ހަށިގަނޑު ވަނީ އެ ރަށުގައި ވަޅުލައިފަ އެވެ.
މައްސަލަ ތަހުގީގުކުރަން ފުލުހުންގެ ހާއްސަ ޓީމެއް މަނަދޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނައީމާގެ ހަށިގަނޑު ފެނުމާ އެކު އެ ރަށ ކައުންސިލުން ވަނީ ހުއްދަ ނެތި އެ ރަށަށް އަރައި، ފޭބުން މަނާކޮށްފަ އެވެ.
ނައީމާއާ މެދު ހިތްހަމަނުޖެހުންތަކެއް ހުއްޓަސް ރަށު މީހަކު އެފަދަ އަނިޔާވެރި ކަމެއް ކޮށްފާނެ ކަމާ މެދު އާންމުން ސުވާލު އުފައްދަ އެވެ. އެހެންވެ މި މަރާ ރަށުގައި އުޅޭ ބިދޭސީންނާ ގުޅުވައިގެން ވެސް ވާހަކަ ދެކެވެ އެވެ. އެކަމަކު މިހާތަނަށް ވެސް ވަކި މީހަކަށް މަރުގައި ޝައްކެއް ނުކުރެވެ އެވެ.
ނައީމާގެ ގާތިލް ފެނޭތޯ 100 އަށްވުރެ ގިނަ ސާމްޕަލް!
ނައީމާގެ މަރު: ބައެއް ހެކިތައް ސިއްރުކުރަން އަމުރު ނެރެފި
"ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް ހެއްކެއް ނެތް"
ނައީމާގެ މަރާ ގުޅޭ އިތުރު ރިޕޯޓްތަކެއް ހަދަނީ
ނައީމާގެ މަރު: އެކަކު ޝަރީއަތް ނިމެންދެން ބަންދަށް
ނައީމާގެ މަރު: މާލެއިން ހައްޔަރުކުރި މީހާ މަނަދުއަށް
ނައީމާ މަރާލަން އެކަކު ވަންއިރު އަނެކަކު ހުރީ ފާރައަށް
ނައީމާގެ މަރުގެ މައްސަލާގައި ތިން ވަނަ މީހާ ހައްޔަރު
ތުހުމަތުވާ މީހުން ނައީމާގެ މަރަށް ފަހު ހަމަޖެހިލައިގެން
ނައީމާގެ މަރު: ދެވަނަ މީހާގެ ބަންދަށް ފަސް ދުވަސް