11 ޖޫން 2023
ނ. މަނަދޫގައި އެކަނިމާއެކަނި ދިރިއުޅެމުން ދިޔަ ނައީމާ މޫސާ މަރާލި މައްސަލާގައި ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.
ނ. މަނަދޫގައި އެކަނިމާއެކަނި ދިރިއުޅެމުން ދިޔަ ނައީމާ މޫސާ މަރާލި މައްސަލާގައި ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ތިން ޒުވާނުންނެވެ. އެއީ އަހްޒަމް އަބްދުއްޝަކޫރު، 23 އާއި އަބްދުލްވާހިދު ރިފާސް، 20 އަދި ހަސަން ފަވާޒް، 21 އެވެ.
ފުލުހުން މިއަދު ބުނީ ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެއީ މަނަދޫން ހައްޔަރުކުރި، ރިފާސް އެވެ.
އެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 21 އަހަރުގެ އިތުރު މީހެއްގެ ބަންދަށް 30 ދުވަސްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި މަނަދޫ އިން ހައްޔަރުކޮށް 14 ދުވަހުގެ ބަންދުގެ މުއްދަތު ދިން 23 އަހަރުގެ މީހާ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ބަންދުގައި ހުރީ ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ކަމަށާއި އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ތަހުގީގަށް ބޮޑެތި ކުރިއެރުންތައް ވަނީ ލިބިފައިވެ އެވެ. ނައީމާ މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ ވަޅި އާއި ހަމަލާދިން އިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ވެސް އަތިރިމަތީގައި ވަޅުލާފައި ހުއްޓައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ނައިމާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެވެ. އޭނާ މަރާލި ކަމަށް ބެލެވެނީ ނިދާފައި އޮއްވައި ގޭތެރެއަށް ވަދެ އެވެ. ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވައި އޭނާ ފެނުނީ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން ބަޔަކު ފުލުހުންނާ އެކު ގޮސް ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަދެ ބެލި އިރު އެވެ.
ނައީމާގެ މަރު: ބައެއް ހެކިތައް ސިއްރުކުރަން އަމުރު ނެރެފި
"ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް ހެއްކެއް ނެތް"
ނައީމާގެ މަރާ ގުޅޭ އިތުރު ރިޕޯޓްތަކެއް ހަދަނީ
ނައީމާގެ މަރު: މާލެއިން ހައްޔަރުކުރި މީހާ މަނަދުއަށް
ނައީމާ މަރާލަން އެކަކު ވަންއިރު އަނެކަކު ހުރީ ފާރައަށް
ނައީމާގެ މަރުގެ މައްސަލާގައި ތިން ވަނަ މީހާ ހައްޔަރު
ތުހުމަތުވާ މީހުން ނައީމާގެ މަރަށް ފަހު ހަމަޖެހިލައިގެން
ނައީމާގެ މަރު: ދެވަނަ މީހާގެ ބަންދަށް ފަސް ދުވަސް
ނައީމާ މަރާލަން ބޭނުންކުރި ދެ ވަޅި ހޯދައިފި
ނައީމާގެ މަރުގެ ތަހުގީގުގެ މައުލޫމާތު އާއިލާ އަށް ދީފި