Roadha Mihaaru
ޝާޒް، މަޖިލިހުގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

ޝާޒް، މެންބަރު ކަމުގެ ހުވާ ކުރައްވައި، މަޖިލިހަށް

24 އެޕްރީލް 2023

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިބްރާހިމް ޝާޒް މަޖިލިހުގެ މެންބަރެއްގެ ހުވާ ކުރައްވައި މިއަދު ޖަލްސާގައި ބައިވެރިވެވަޑައިގެންފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިބްރާހިމް ޝާޒް މަޖިލިހުގެ މެންބަރެއްގެ ހުވާ ކުރައްވައި މިއަދު ޖަލްސާގައި ބައިވެރިވެވަޑައިގެންފި އެވެ.

އޭނާ ހުވާ ކުރެއްވީ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު 10:00 ގައި ބޭއްވި ހަފުލާއެއްގަ އެވެ. ޝާޒަށް މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝަތު ސުޖޫން އެވެ.

މި މަހުގެ 15 ގައި ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ޝާޒް ކާމިޔާބު ކުރެއްވީ 1،346 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އަށް ލިބިވަޑައިގަތީ 1،226 ވޯޓެވެ. އެމްއެންޕީގެ އަރީފަށް ހޯއްދެވުނީ 122 ވޯޓެވެ.

ޝާޒް، މަޖިލިހުގެ މެމްބަރުކަމުގެ ހުވާ މިއަދު ކުރެއްވުމާ ގުޅިގެން، އޭނާއާ މަޖިލިހުގެ ރައީސް ނަޝީދު ސަލާމް ކުރައްވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ

ޝާޒް، މަޖިލިހުގެ މެމްބަރުކަމުގެ ހުވާ މިއަދު ކުރެއްވުމާ ގުޅިގެން، އޭނާއާ މަޖިލިހުގެ ރައީސް ނަޝީދު ސަލާމް ކުރައްވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ

މިއީ ގުރައިދު އާއި މާފުއްޓާއި ގުޅި ހިމެނޭ ދާއިރާގެ މަޖިލިހުގެ ގޮނޑި މިދިޔަ 14 އަހަރުގެ ތެރޭގައި އެމްޑީޕީ އަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

އެ ދާއިރާގައި މީގެ ކުރިން އަބަދުވެސް ކާމިޔާބު ކުރައްވަނީ ޕީޕީއެމްގެ މެންބަރު އިބްރާހިމް ރިޒާ އެވެ. އެ ގޮނޑި ހުސްވީ ރިޒާ އަވަހާރަވުމުންނެވެ.