ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މައްސަލަ އުފެދުނު ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރިޔަސް، ރާއްޖޭގެ މަސްވެރިކަމަށް އަސަރު ނުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެ އެވެ.
29 އެޕްރީލް 2023
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މައްސަލަ އުފެދުނު ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރިޔަސް، ރާއްޖޭގެ މަސްވެރިކަމަށް އަސަރު ނުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެ އެވެ.
ދެ ގައުމުން ހިޔާލުތަފާތުވި ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލަ ބައިނަލްއަގްވާމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ޓްރައިބިއުނަލުން އިއްޔެ ވަނީ ރާއްޖެއަށް ކަނޑުގެ ސަރަހައްދުން ބޮޑު ބައި ލިބޭ ގޮތަށް ނިންމައިފަ އެވެ.
އިޓްލޮސްގެ އެ ނިންމުމާ ގުޅޭ ގޮތުން، ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ ރާއްޖެއަކީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ބިނާވެފައިވާ ގައުމެއް ކަމަށާއި އެހެންވެ، ވަކި ސަރަހައްދެއް ގެއްލުމުން މަސްވެރިކަމަށް އަސަރު ނުކުރާނެ ކަމަށެވެ.
"ރާއްޖެ ހިމެނެނީ އިންޑިއާ ކަނޑުގައި ކަމަށްވާތީ ކަނޑު މަހަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހުއްޓިފައި ހުންނަ އެއްޗަކަށް ނުވާތީ އަދި އެއްވެސް ގައުމެއްގެ އީއީޒެޑްގައި ހުއްޓިފައި އެއްޗަކަށް ނުވާތީ،" ހުސައިން ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓަރު ހުސައިން ރޭގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ: ކަނޑުގެ އިން ވަކިކުރި ގޮތުން މަސްވެރިކަމަށް އަސަރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ | ރައީސް އޮފީސް
ހުސައިން ވިދާޅުވި ގޮތުގައި މޮރިޝަސްއަށް ލިބުނު ސަރަހައްދުގައި އިނގިރޭސިވިލާތުން ގާއިމްކޮށްފައިވާ ކޮންޒަވޭޝަން ޒޯން ބަލަހައްޓާނެ ކަމުގެ ޔަގީންކަން މޮރިޝަސްއިން ދީފައިވެ އެވެ. އަދި އޭގެ ފައިދާ ރާއްޖެއަށް ވެސް ލިބިގެންދާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.
މިއަދު މި ދިޔައީ ދެކުނުގެ ކަނޑުގެ މައްޗަށް ދައުލަތަށް އޮތް ބާރު އިތުރަށް ބަދަހިވެގެން. އެތަން ބަލަހައްޓައި، ކޮންޓްރޯލްކޮށް އޭގެ ނަފާ ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު މާ ބޮޑަށް ލިބިގެން މި ދިޔައީ. -- ހުސައިން
"އެތަނުގައި އާލާވާ މަސްވެރިކަން ހިޖްރަ ކުރޭ ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ވެސް. އެއީ ރަނގަޅު ކަމަކަށް ވާނެ،" ހުސައިން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދެކުނު ކަނޑުގެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަންނަ އުޅަނދުތަކަށް މިހާތަނަށް ފިޔަވަޅު އެޅެނީ 24 މޭލުގެ ސަރަހައްދަކަށް ކަމަށެވެ. އެކަމަކު މިހާރު ޓްރައިބިއުނަލުން އިން ވަކި ކުރުމާ އެކު، ރާއްޖޭގެ 200 މޭލުގެ ސަރަހައްދުގެ ތެރެއަށް ވަންނަ އުޅަނދުތަކަށް ވެސް ފިޔަވަޅު އެޅޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު މި ދިޔައީ ދެކުނުގެ ކަނޑުގެ މައްޗަށް ދައުލަތަށް އޮތް ބާރު އިތުރަށް ބަދަހިވެގެން. އެތަން ބަލަހައްޓައި، ކޮންޓްރޯލްކޮށް އޭގެ ނަފާ ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު މާ ބޮޑަށް ލިބިގެން މި ދިޔައީ." ހުސައިން ވިދާޅުވި އެވެ.
ހުސައިން ވިދާޅުވި ގޮތުގައި ދާ ޖަހައިގެން ކަޅުބިލަމަހުގެ މަސްވެރިކަން ކުރުމުގެ މައްސަލައަކީ އިންޑިއާ ކަނޑުގައި އަބަދުވެސް އޮންނަ މައްސަލަ އެކެވެ. އެކަމަކު މޮރިޝަސްއަށް ލިބުނު ސަރަހައްދުގައި ވެސް ދާ ޖަހައިގެން މަސްވެރިކަން ކުރަން ހުއްދަ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސް ހިފާ ވަރު ކޮންޓްރޯލް ވާންޖެހޭ: ޑރ. ހުސައިން
މޮރިޝަސްގައި ރާއްޖޭގެ މަސްދަޅު ބަންދުކުރަން ފަށަނީ
މަހުން ނަގާ ޑިއުޓީ ކަނޑަން ޔޫރަޕްގެ ހުށަހެޅުމެއް
ހޯނޑެއްދޫ އައިސްޕްލާންޓް މިއަހަރު އޮޕަރޭޝަނަށް ގެންނަނީ
މުއްސަނދިކަން ލިބޭނެ ސިނާއަތަކަށް މަަސްވެރިކަން ހެދޭނެ
މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް
ފިޔޯރީގައި މަސްކާރުހާނާއެއް ހަދަން ސޮއިކުރަނީ
ބޭނުންވަނީ މަސްވެރިންނަށް ބާރު ދޭން: ރައީސް
ކޯލްޑް ސްޓޯރޭޖު 25،000 ޓަނަށް އިތުރު ކުރަނީ
މުލަކުގައި ކޯލްޑް ސްޓޯރޭޖެއް ހަދަން ސައުދީގެ ބަޔަކަށް