Roadha Mihaaru

ޖޫނިއާ ސެމީގައި ކަޔާން، ޔަސީން އަދި އިނާން، ޝާނިފް

މިއަހަރުގެ މުލީކޮޅު ރާޅުގަނޑު މުބާރާތުގެ ޖޫނިއާ ޑިވިޝަންގެ ސެމީ ފައިނަލުން ކަޔާން އަބްދުﷲ އަރީފް އާއި ޔަސީން އަހުމަދު ނާޝިދުގެ އިތުރުން މުހައްމަދު އިނާން އަބްދުލް ހަންނާން އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ޝާނިފް ޝަފީގު ވެސް ޖާގަ ހޯދައިފި އެވެ.

ޖޫނިއާ ސެމީގައި ކަޔާން، ޔަސީން އަދި އިނާން، ޝާނިފް
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

06 މެއި 2023

މިއަހަރުގެ މުލީކޮޅު ރާޅުގަނޑު މުބާރާތުގެ ޖޫނިއާ ޑިވިޝަންގެ ސެމީ ފައިނަލުން ކަޔާން އަބްދުﷲ އަރީފް އާއި ޔަސީން އަހުމަދު ނާޝިދުގެ އިތުރުން މުހައްމަދު އިނާން އަބްދުލް ހަންނާން އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ޝާނިފް ޝަފީގު ވެސް ޖާގަ ހޯދައިފި އެވެ.

މާދަމާގެ ސެމީ ފައިނަލްގައި ކަޔާން ވާދަކުރާނީ ޔަސީން އާ ދެކޮޅަށެވެ. އަދި ދެވަނަ ހީޓުގައި އިނާން އާއި ޝާނިފް ވާދަ ކުރާނެ އެވެ. މި ހަތަރު އެތުލީޓުންނަކީ ވެސް ޖޫނިއާ ގައުމީ ޓީމުގެ އެތުލީޓުންނެވެ.

ޝާނިފް ސެމީ އަށް ދަތުރުކުރީ ކުއާޓާގައި ވާދަކުރި ހީޓުން 10.67 ޕޮއިންޓް ހޯދައިގެން ޖުމާން މުހައްމަދުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އިނާން ސެމީއަށް ދަތުރު ކުރީ ކުއާޓާގެ ހީޓުގައި8.67 ޕޮއިންޓް ހޯދައި ސައްޔިދު ސަލާހުއްދީން ފަހަތަށް ޖައްސާލައިފަ އެވެ.

ކުއާޓާގެ ހީޓުގައި ޔަސީން ވަނީ 6.67 ޕޮއިންޓް ހޯދައިގެން ޝައިހާން ހުސެއިން ސޮލާހުގެ މައްޗަށް ކުރި ހޯދައިފަ އެވެ. ކަޔާން ވަނީ ކުއާޓާގެ ހީޓުގައި 11 ޕޮއިންޓް ހޯދައިފަ އެވެ. އޭނާ ވާދަކުރީ މުހައްމަދު ރަޖުވާން އަހުމަދު ފަޔާޒާ ދެކޮޅަށެވެ.

ކުއާޓާގައި ވާދަކުރި ޝައިހާން އާއި ޖުމާން އަކީ މިދިޔަ އަހަރުގެ މުލީކޮޅު ރާޅުގަނޑު މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރި ދެ ޒުވާން ރާޅާއެޅުންތެރިންނެވެ. ޖުމާން ވަނީ ފައިނަލްގައި ވެސް ވާދަކޮށް، ޝާނިފް އާ ވަރުގަދަ ވާދައެއް ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ސެމީގައި ވާދަކުރި ޔޫސުފް ކަޔާން ހަމްދާން ޒަކީ އަށް މި މުބާރާތުގައި ވާދަކުރެވޭ ގޮތެއް ނުވި އެވެ.