Roadha Mihaaru

މުލީކޮޅުގެ ޖޫނިއާ ޗެމްޕިއަންކަން ޝާނިފް ދިފާއު ކޮށްފި

މިއަހަރުގެ ދިވެހި ސާފް ލީގުގެ "މުލީމޮޅު ރާޅުގަނޑު" ގެ ޗެމްޕިއަންކަން، މ. މުލީގެ ޝާނިފް ޝަފީގު ދިފާއު ކޮށްފި އެވެ.

މުލީކޮޅުގެ ޖޫނިއާ ޗެމްޕިއަންކަން ޝާނިފް ދިފާއުކޮށްފި
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

07 މެއި 2023

މިއަހަރުގެ ދިވެހި ސާފް ލީގުގެ "މުލީމޮޅު ރާޅުގަނޑު" ގެ ޗެމްޕިއަންކަން، މ. މުލީގެ ޝާނިފް ޝަފީގު ދިފާއު ކޮށްފި އެވެ.

ޝާނިފް އަނީ މިދިޔަ އަހަރު މުލީކޮޅުގައި ބޭއްވި މުބާރާތުގެ ވެސް ޗެމްޕިއަން އެވެ. މި އަހަރުގެ ފައިނަލްގައި ޝާނިފް ޗެމްޕިއަންކަން ހޯދީ މިއަދު ކުރިއަށް ދިޔަ ފައިނަލް ހީޓުގައި ޔަސީން އަހުމަދު ނާޝިދުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފައިނަލް ހީޓުގައި ޝާނިފް ވަނީ ޖުމްލަ 10.83 ޕޮއިންޓް ހަމަކޮށްފަ އެވެ. އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް 5.50 ޕޮއިންޓަކާއި 5.33 ޕޮއިންޓެއް ހޯދި އެވެ. ޔަސީން އަށް ލިބުނީ ޖުމްލަ އަށް ޕޮއިންޓެވެ. ޔަސީންގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 3.67 އަކާއި 4.33 ޕޮއިންޓެކެވެ.

ފައިނަލް ހީޓުގައި ޝާނިފް އާ ވާދަކުރި ޔަސީން.-- ފޮޓޯ: އެމްއެސްއޭ

ފައިނަލް ހީޓުގައި ޝާނިފް އާ ވާދަކުރި ޔަސީން.-- ފޮޓޯ: އެމްއެސްއޭ

ޝާނިފް ވަނީ ސެމީ ފައިނަލް ހީޓުގައި މުހައްމަދު އިނާން އަބްދުލް ހަންނާން ފަހަތަށް ޖައްސާލައިފަ އެވެ. ޝާނިފްއާ ރަނގަޅު ވާދައެއް ކުރި މި ހީޓްގައި އިނާން ވަނީ 6.33 ޕޮއިންޓުގެ ރާޅަކާއި 4.43 ޕޮއިންޓުގެ ރާޅަކާ އެކު ޖުމްލަ 10.76 ޕޮއިންޓް ހަމަކޮށްފަ އެވެ. ޝާނިފް ހީޓް ކާމިޔާބު ކުރީ އޭނާގެ ފަހު ރާޅަށް 7.83 ޕޮއިންޓް ހޯދައި، ޖުމްލަ 12.83 ޕޮއިންޓް ހަމަކޮށްގެންނެވެ.

ސެމީގެ ފުރަތަމަ ހީޓުގައި ޔަސީން ވަނީ ކަޔާން އަބްދުﷲ އަރީފް އާ ވާދަކޮށް ޖުމްލަ 10.66 ޕޮއިންޓް ހޯދައިފަ އެވެ. ކަޔާން އަށް ހޯދުނީ 3.67 ޕޮއިންތެވެ. ދެ އެތުލީޓުން ވެސް މުޅިއެކު ތިން ރާޅާ އެޅި މި ހީޓު ކުރިއަށް ދިޔަ ވަގުތު ރާޅު މަދު ވުމުގެ ސަބަބުން ދެ އެތުލީޓުންނަށް ވެސް ރަނގަޅު ރާޅު ހޯދަން އުނދަގޫވި އެވެ. ޔަސީން ވަނީ ސެމީގައި އޭނާގެ ފުރަތަމަ ރާޅަށް 4.33 ޕޮއިންޓް ހޯދައި، ފަހު ރާޅުގައި 6.33 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.

ސެމީގައި ވާދަކުރި ހަތަރު އެތުލީޓުންނަކީ ވެސް ޖޫނިއާ ގައުމީ ސާފިން ޓީމުގެ އެތުލީޓުންނެވެ. މިއަހަރުގެ މުބާރާތް މުލީކޮޅު ރާޅުގަނޑުގައި ބޭއްވޭގޮތް ނުވުމުން މުބާރާތް ކުރިއަށް ގެންދިޔައީ ބޯހުރާ ފުއްޓަރު ފަރާތުގައި އޮންނަ މަޝްހޫރު "މަޝްރޫމްސް" ޕޮއިންޓުގަ އެވެ.

މިދިޔަ އަހަރުގެ ގައުމީ ލީގުގައި ޖޫނިއާ ކެޓެގަރީ ލީގު އުސޫލުން ކުރިއަށް ނުގެންދިޔަ ނަމަވެސް މިއަހަރުގެ ލީގުގައި ޖޫނިއާ ޗެމްޕިއަން ހޮވާގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.