Roadha Mihaaru
ޑިގްރީ ހުއްޓާލުމުން ފައިސާދެއްކުމުގެ މުއްދަތު ކުރުކޮށްފި

ހިލޭ ޑިގްރީ ހުއްޓާލައިފި ނަމަ ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު ކުރުކޮށްފި

14 މެއި 2023

ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފަހު ކޯސް ކުރިއަށް ނުގެންގޮސް ހުއްޓާލައިފި ނަމަ ސަރުކާރުން ކުރި ހޭދަ އަނބުރާ ދައްކަން ޖެހޭ މުއްދަތު ވަރަށް ބޮޑަށް ކުރުކޮށް އުސޫލު ހަރުކަށިކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފަހު ކޯސް ކުރިއަށް ނުގެންގޮސް ހުއްޓާލައިފި ނަމަ ސަރުކާރުން ކުރި ހޭދަ އަނބުރާ ދައްކަން ޖެހޭ މުއްދަތު ވަރަށް ބޮޑަށް ކުރުކޮށް އުސޫލު ހަރުކަށިކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން 2019 ވަނަ އަހަރު ފެށި ޕްރޮގްރާމްގައި ކިޔަވާ ކުދިން ޕްރޮގްރާމް ހުއްޓާލައިފި ނަމަ ކުރިން އޮންނަ އުސޫލުގެ ދަށުން ވެސް ފައިސާ ދައްކަން ޖެހެ އެވެ. އާ އުސޫލުގައި ވަނީ ފައިސާ ދައްކަންޖެހޭ މުއްދަތު ވަނީ އެވްރެޖްކޮށް 10 އަހަރު ކުރުކޮށްފަ އެވެ.

އާ އުސޫލުގައި ވަަނީ މަގުބޫލު ސަބަބެއް ނެތި ކޯސް ހުއްޓާލުން ނުވަތަ ފާސް ނުވުމުން ފަދަ ކަމަކާ ހެދި ފައިސާ އަނބުރާ ދައްކަންޖެހި ނުދައްކައިފި ނަމަ މިނިސްޓްރީން އިއުލާންކުރާ މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ނުދިނުމާ އެކު ގާނޫނީ ފިޔަވަޅު އެޅޭ ގޮތަށް ބަދަލުކޮށްފަ އެވެ.

ސަރުކާރުން ހޭދަކުރި ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު ކުރިން އޮތް ގޮތުން 25،000ރ. ނަމަ 30 މަހުން ދެއްކޭނެ އެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު ދެ އަހަރަށް ކުރުކޮށްފަ އެވެ.

ފައިސާ ދައްކަންޖެހޭ މުއްދަތު

• 25،000ރ - 50،000ރ. ނަމަ ދެ އަހަރާއި ހަ މަސް

• 50،000ރ - 100،000ރ. ނަމަ ތިން އަހަރާއި ހަ މަސް

• 100،00ރ. - 200،00ރ. ނަމަ ހަތަރު އަހަރުން

• 200،000ރ. - 300،00ރ. ނަމަ ހަތް އަހަރުން

• 300،00ރ. - 400،000ރ. 10 އަހަރުން

• 400،00ރ. - 500،000ރ. 12 އަހަރުން

• 500،000ރ. އަށްވުރެ ގިނަ ނަމަ 15 އަހަރުން

އުސޫލަށް ގެނައި ބައެއް ބަދަލުތައް

- ފުރަތަމަ ޑިގްރީއަށް ކިޔަވަން ފަށާ ދަރިވަރުންގެ ސްކީމުގައި ބައިވެރިވުމަށް މުއްދަތު ކަނޑައެޅުން (ކިޔަވަން ފެށުމަށް ފަހު ގިނަވެގެން 18 މަސްދުވަހުގެ ކުރިން އެކަމަށް އެދި ހުށަހެޅުން)

- ޕްރޮގްރާމް ޑިފާ ކުރެވޭނެ މުއްދަތު 12 މަސްދުވަހަށް ކުރުކުރުން.

- ޕްރޮގްރާމް އަދި މަރުކަޒު ބަދަލުކުރެވޭނެ ހާލަތްތަކެއް ކަނޑައެޅުން.

- ޕްރޮގްރާމް ނިންމުމުން ދަރިވަރުންނަށް ބާރު އެޅުމުގެ ގޮތުން ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭ މުއްދަތު ކަނޑައެޅުން.

- ސަރުކާރުން ދަރިވަރުންނަށް ކުރި ހަރަދު އަނބުރާ ދައްކަންޖެހޭ ހާލަތުގައި ނުދައްކާ ނަމަ އެޅޭނެ ފިޔަވަޅުތައް ހިމެނުން.

- ސަރުކާރުން ކަނޑައެޅި ރޭޓަށް ބަދަލެއް ގެނެސްފި ނަމަ އަމަލުކުރާނެ ގޮތް ހިމެނުން