ކުޑަކުއްޖެއްގެ ގައިގައި ޖަހައި އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ މެއިޑް، އޭނާ އުޅޭ ގޭގެ މީހުން އޭނާއަށް އަށް ވެސް އަނިޔާކުރާ ކަމަށާއި މުސާރަ ނުދީ ގަދަކަމުން މަސައްކަތް ކުރުވާ ކަމަށް ބުނެ ކޯޓުގައި ވާހަކަ ދައްކައިފި އެވެ. ކުއްޖަކަށް އަނިޔާކުރި މައްސަލާގައި ސަންދީޕް ކޯރު ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކޮށް އެންމެ ފުރަތަމަ އޭނާ 15 ދުވަހަށް ބަންދުކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވާތީ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަނެއްކާވެސް ވަނީ އިތުރު 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
10 ނޮވެމްބަރ 2023

ބަންދު އިތުރުކޮށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އޭނާ ވަނީ ކުއްޖާގެ ގަޔަށް އަތްލި ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އޭނާ ވަނީ އޭނާ މަސައްކަތްކުރާ ގޭގެ މީހުން އޭނާއަށް އަނިޔާކުރާ ކަމަށް ބުނެފަ އެވެ. ބަލިވުމުން ވެސް މަސައްކަތް ކުރުވާ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.
އުމުރުން 22 އަހަރުގެ ސަންދީޕް ބުނެފައިވާ ގޮތުގައި އެނބުރި ރަށަށް ދާން ބޭނުންވާ ކަމަށް ބުނުމުން ދުވަހަކު ވެސް އިންޑިއާއަށް ނުފޮނުވާނެ ކަމަށް ވެރިފަރާތުން ބުންޏެވެ. ގޭގެ ވެރިފަރާތަށް ތުހުމަތުކޮށް އޭނާ ބުނީ ކާން ވެސް ނުދޭ ކަމަށެވެ.
އޭނާއަށް ކުރަނީ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރުމުގެ ތުހުމަތެވެ. އޭނާ ކުއްޖާގެ ގައިގައި ޖަހާ ކަމަށް ބެލެވޭ ވީޑިއޯ ހެކި ހުރުމުން ތުހުމަތު ވުޖޫވާ ވަރަށް މި މައްސަލައިގައި ހެކި އެބަހުރި ކަމަށް ކޯޓުގެ އަމުރުގައިވެ އެވެ.
ކުޑަކުއްޖެއްގެ ގައިގައި ޖެހި ފުލުހަކު ޖޫރިމަނާކޮށްފި
ކުޑަކުއްޖާގެ މަރު: ޒިހާންއާ ދެކޮޅަށް 79 ހެކިވެރިން
ކުޑަކުއްޖެއްގެ ގައިގައި ފިހިގަނޑުން ތެޅިކަން ސާބިތުނުވި
ކުޑަކުއްޖާ މަރާލި މައްސަލާގެ ޝަރީއަތް ސިއްރުކޮށްފި
އާފިޔާގެ ހަޔާތުން ފެންނަ އަނިޔާގެ އެހެން ސަފުހާއެއް
"އާފިޔާއަށް ލިބުނު އަނިޔާތަކަށް އިންސާފެއް ނުލިބޭ"
އާފިޔާއަށް އިތުރު އެއް މަހާއި ހަ ދުވަހުގެ ހުކުމެއް
އިބްތިހާލް މަރު: މަންމައަށް 20 އަހަރުގެ ޖަލުހުކުުމެއް
ކުއްޖަކު ގޮވައިގެން ސަލާންޖެހި މީހަކު ޖޫރިމަނާކޮށްފި
އިބްތިހާލްގެ މަރުގެ ޝަރީއަތް މާދަމާ ބާއްވަނީ