18 މެއި 2023
އެމްޑީޕީން އިސްތިއުފާ ދެއްވި "ފިކުރެއްގެ ދިރުން"ގެ 12 މެންބަރުން އެ ޕާޓީގެ ދްފަތަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހެއްދެވުމުން މަޖިލިސް ހޫނުވެއްޖެ އެވެ.
އެމްޑީޕީން އިސްތިއުފާ ދެއްވި "ފިކުރެއްގެ ދިރުން"ގެ 12 މެންބަރުން އެ ޕާޓީގެ ދްފަތަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހެއްދެވުމުން މަޖިލިސް ހޫނުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކި ކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންގާފައިވާ ކަމަށާއި އެހެންކަމުން ޕާލިމެންޓަރީ ގްރޫޕްގެ އަދަދުތަކަށް ބަދަލު އަންނާނެ ކަމަށެވެ.
އީސީން 12 މެމްބަރުން އެމްޑީޕީން ވަކިވެފައިވާ ކަން ވެސް އަންގާފައިވާ ކަމަށާއި ނަމަވެސް ގަވައިދު ބުނާ ގޮތުން އެ 12 މެމްބަރުން ދަފްތަރުން އުނި ކުރެވޭނީ އެ މެންބަރުން އަމިއްލަ އަށް ޕާޓީން ވަކިވި ކަމަށް ބުނެ މަޖިލީހަށް ސިޓީއެއް ހުށަހެޅުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. މި މައްސަލާގައި މަޖިލީސް ހޫނުވެ އިރުކޮޅަކަށް މެދުކަނޑާލަން ވެސް ޖެހުނެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ 12 މެންބަރުން ދްފަތަރުން އުނި ނުކުރީ މަޖިލީހުގެ ގަވައިދުގެ ކޮންމެ މާއްދާއަކަށް ރިއާޔަތް ކުރައްވައިގެންތޯ ރިޔާސަތާ ސުވާލު ކުރައްވައިފަ އެވެ.
ނަމަވެސް އެ ސުވާލަށް ނަޝީދު ޖަވާބު ނުދެއްވަައި ވިދާޅުވީ ގަވައިދު ވިދާޅުވުމުން އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު.
މެމްބަރުންގެ ހިތްހަމަނުޖެހުން ބޮޑަށް އަމާޒުވީ މަޖިލީހުގައި ބަހުސްކުރަން އެމްޑީޕީގެ މެމްބަރުންނަށް ކަނޑައަޅާފައި އޮތް ވަގުތުތަކުގައި، ޕާޓީން ވަކިވި "ފިކުރެއްގެ ދިރުން" މެމްބަރުން ވާހަކަ ދައްކަވާތީ އެވެ.
އެމްޑީޕީގެ އެހެން މެންބަރުން ވެސް އެ މައްސަލާގައި ނުރުހުން ފާޅު ކުރައްވައި ނިޒާމީ މައްސަލަ ނަންގަވަން ފުރުސަތަށް އެދިވަޑައިގަތެވެ. ނަމަވެސް ނަޝީދު ފަހުން އެއްވެސް މެންބަރަކަށް ފުރުސަތެއް ނުދެއްވަ އެވެ.
އޭގެ ބަދަލުގައި ފިކުރެއްގެ ދިރުންގެ މެންބަރުންނަށް މަޖިލީހުގައި ބަހުސް ކުރަން ފުރުސަތު ނަޝީދު ދެއްވަމުން ގެންދެވި އެވެ.
އެ މައްސަލާގައި ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީ މެންބަރުން ގެންދެވީ މަޖިލީހުގައި އަޑުގަދަކޮށް އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ. ބައެއް މެންބަރުން ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު މަސީހު އާ އެއް ދަރަޖަ އަކަށް ނަޝީދުގެ މައްސަލަ ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަޝީދު ވަނީ ތަޅުމުގައި އަޑުގަދަ ކުރަމުން ގެންދެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ނަން އިއްވާފަ އެވެ. ނަމަވެސް އޭނާ މަޖިލީހުން ނުނިކުންނެވުމުން ނަޝީދު ވިދާޅުވީ "ރޮޒެއިނާ މަޖިލީހުގައި ނެތް ކަމަށް ބަލައި" މަޖިލީސް ކުރިއަށް ގެންދަވާނީ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަން މިހާރު ވަކި ޕާޓީއަކަށް ހަދަން ނިންމައި 12 މެންބަރުން އިސްތިއުފާ ދެއްވި ނަމަވެސް އެމްޑީޕީން ނަޝީދު އިސްތިއުފާއެއް ނުދެއްވަ އެވެ.
ނަޝީދުގެ ނުރުހުން: "އަޅުގަނޑު ވަތްކެއް ނުކުރެވޭނެ"!
ޕާޓީ ދޫނުކުރެއްވި، ހުދުމުހުތާރުކަން މާ މައްޗަށް!
ނައިބު ރައީސްކަމުން އީވާ ވަކިކުރަން މަޝްވަރާ ކުރަނީ
ޝާހިދުގެ މައްސަލާގައި ނަޝީދު ފެކްޝަނުން ސޮއެެއް ނުކުރި!
ފުލުފުލުން އިންޒާރު، ޕާޓީން ކަނޑާލަން ނުކެރޭ؟
ނަޝީދުގެ ފެކްޝަންގެ މަސައްކަތަށް އާދަމް ޝަރީފުގެ ޝުކުރު
"ފިކުރެއްގެ ދިރުން"އަށް ފިޔަވަޅުއަޅަން ގޮތެއް ނުނިންމާ
ނަޝީދާއި ޖޭޕީގެ ޕީޖީ ގުރޫޕް ގުޅެނީ!
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
"ރުހުން ނުދިނުމާ ގުޅެނީ ނަޝީދަށް މަގާމު ގެއްލުން"