18 މެއި 2023
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ.
މިގޮތަށް ނިންމީ ޕީޖީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރެވޭ އަދަދަށް އެމްޑީޕީގައި މެމްބަރުން އެބަތިއްބެވި އެވެ. ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތުން ވަކިކުރެވިދާނެ އެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ.
އީވާ މަގާމުން ވަކިކުރަން ނިންމީ އެމްޑީޕީން އިއްޔެ ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވުމާ ގުޅިގެންނެވެ. ޕާޓީގެ ދަފްތަރުން އީވާ ވަކިކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފަ އެވެ.
މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީން އީވާ ވަކިކުރަން ނިންމީ އެ ޕާޓީގެ މެމްބަރަކު ނޫން ބޭފުޅަކު މަޖިލީހުގެ ނައިބު ރައީސްގެ ގޮތުގައި އިންނަވައި މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުން ނުވާތީ އެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި "ފިކުރެއްގެ ދިރުން" ޕާޓީ އުފައްދަވަން ނިންމެވިޔަސް އެމަނިކުފާނު އަދި ޕާޓީން ވަކިވެވަޑަައެއް ނުގަންނަވަ އެވެ.
ޕާޓީން ވަކިވެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން އިއްޔެ ވަނީ، އެއީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވާނެ ކަން އިއުލާންކުރައްވައިފަ އެވެ. އެއީ މެމްބަރުންގެ އަދަދަށް ބަލާ ނަމަ، ޕީޕީއެމާއި ޕީއެންސީއަށް ވުރެން ވެސް އެ ބޭފުޅުންގެ މެމްބަރުން ގިނަވުމުންނެވެ.
އެމްޑީޕީ 55
ފިކުރެއްގެ ދިރުން 13
ޕީޕީއެމް : 6 ޕީއެންސީ: 2 ޖުމްހޫރީ ޕާޓީ: 2 އެމްއެންޕީ: 3
އީވާ އިއްޔެ ވިދާޅުވީ އެމްޑީޕީން ވަކިވިޔަސް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އަމިއްލައަށް އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. މަގާމެއް މުހިންމުވެގެން އެމްޑީޕީގައި ދެމިހުންނަވަން ބޭނުން ނުވާ ކަމަށާއި ގަބޫލުކުރި އަސާސްތަކާއި އުސޫލްތައް އެމްޑީޕީން ފުނޑާލާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު ކުންފުނިތަކުން ހިންގާ ވައްކަމާއި ހިޔާނާތުގެ ވާހަކަތައް މަޖިލީހުގައި ދެއްކުމާއި ބަހުސްކުރުމުގެ ފުރުސަތު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ނުދެ އެވެ. އެހެންކަމުން، އެމްޑީޕީން ވަކިވެވަޑައިގަތުން އޭނާ ސިފަކުރެއްވީ "ސިޔާސީ ކަސްތޮޅުން މިނިވަންވުމުގެ" ގޮތުގަ އެވެ.
މަގާމުތަކުންނާއި ޕާޓީން ވަކިކުރާނެ ކަމުގެ ބިރުދެއްކުމާއި އިންޒާރުތައް ލިބުނު ކަމަށާއި އެ ތާށިކަމުގައި ތިބެން ބޭނުން ނުވީ ކަމަށް އީވާ ވިދާޅުވި އެވެ.
އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފި
މެމްބަރު ހައިތަމް އެމްޑީޕީން ވަކިވެއްޖެ
ޑިމޮކްރެޓްސް އަށް ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް!
އެމްޑީޕީން އަޅުގަނޑު ވަތްކެއް ނުވޭ: އާޒިމް
ބާގަނޑު ބޮޑުވެ، ސުޕަ މެޖޯރިޓީ ގެއްލެނީތަ؟
އެއް ކަމެއް، އެކަމަކު އެމްޑީޕީ ބޭނުންވުމުން ފާސްކޮށްފި
އެމްޑީޕީގެ އިންތިހާބުގައި ވޯޓުލާން ގުޅި: އާދަމް ޝަރީފް
މިވަރުގެ ވާދައެއް، ފޯރިއެއް މި ރަށް ނުދެކޭ!
މެމްބަރުން "ނިކަމެތި" ކުރާތީ ބަހުގެ ހަމަލާތަކެއް!
އައްޑޫ ޝަރީފުގެ ނަން އިއްވައި ތަޅުމުން ނެރެފި