ހިލޭ ގޯތި ދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެ ގޮތް ބަދަލު ކުރަން ސިޔާސީ ލީޑަރުން ބޭނުން ނުވާ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
23 މެއި 2023
ހިލޭ ގޯތި ދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެ ގޮތް ބަދަލު ކުރަން ސިޔާސީ ލީޑަރުން ބޭނުން ނުވާ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ ގިނަ ބަޔަކު ދެކޮޅު ހަދާ ކަމެކެވެ. މައިގަނޑު ސަބަބަކީ މާލެ ސަރަހައްދުގައި ރާއްޖޭގެ ހުރިހާ ރަށްރަށުގެ މީހުން ދިރިއުޅެމުން އައުމާއި ބިމުގެ އަގު ބޮޑުވުމެވެ.
ނަމަވެސް ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކުމަށް ފަހު މާލޭގެ މީހުންނަށް ހިލޭ 3،000 ގޯތި ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
އެކަމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް މިއަދު ވިދާޅުވީ، ބަންޑާރަ ގޯތި ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ކުރިން ވެސް ދަންނަވާފައިވާ ކަމަށާއި އެއީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެއީ ސަސްޓެއިނަބަލް ކަމެއް ގޮތުގައި ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑަކަށް ނުފެނޭ. ތާ އަބަދު ބަންޑާރަ ގޯތި ނުއެއް ދެވޭނެ،" އަސްލަމް ވިދާޅުވި އެވެ.
އެއީ ސަސްޓެއިނަބަލް ކަމެއް ގޮތުގައި ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑަކަށް ނުފެނޭ. ތާ އަބަދު ބަންޑާރަ ގޯތި ނުއެއް ދެވޭނެ -- އަސްލަމް
ނަމަވެސް މާލެ އާއި ރާއްޖޭގެ ހުރިހާ ރަށަކުން އެ ރަށެއްގެ ބަޔަކަށް ބަންޑަރަ ގޯތި ދޫކުރުމަކީ ބޯދާ ޒަމާނުއްސުރެ އެކަން ކުރަމުން އައި އުސޫލު ކަމަށާއި ސިޔާސީ ލީޑަރުން ތިބީ އެކަން ހުއްޓާލާ ގޮތަކަށް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެ އުސޫލަކީ އެއީ އެންމެ މީހެއްގެ ވިސްނުމަށް ބަދަލު ކުރެވޭ ކަމެއް ނޫން. އެ އަށް ވުރެ ފުޅާ މަޝްވަރާއެއް ކުރެވި އެންމެންނަށް ގަބޫލު ކުރެވޭ ކަމެއް ވަންޏާ އެކަން ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން 3،000 ގޯތި ހޯދުމަށް މާލޭގެ މީހުންނަށް ފުރުސަތު ހުޅުވާލީ މިދިޔަ އަހަރު އެވެ. އެ އަހަރުގެ އޮކްޓޯބަރު މަހަށް މުއްދަތު ހަމަވީ އިރު 15،000 އަށް ވުރެ ގިނަ މީހުން ވަނީ ގޯތި ހޯދަން ކުރިމަތިލައިފަ އެވެ.
ހައުސިން މިނިސްޓްރީން މިހާރު ކުރަމުން އަންނަނީ ލިބިފައި ހުރި ހުށަހެޅުންތައް ބަލައި އިވެލުއޭޓް ކުރުމުގެ މަސައްކަތެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ގޯތި ދިނުމުގެ މަސައްކަތް އަންނަ މަހު ކުރިއަށް ގެންދާނެ އެވެ.
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
"ގޯތި ފޯމުތަކުގެ އިވެލުއޭޝަން ޖޫން ކުރީކޮޅު ނިމޭނެ"
އެހެން ރަށްރަށުން ވެސް ގޯތިދެވޭ އުސޫލެއް އޮންނަން ޖެހޭ
ގޯތި ދޫކުރަން މި މަހު 26 ގައި ހުޅުވާލާނެ: އަސްލަމް
މާލޭން ގޯތި ލިބޭ މީހުންނަށް އޮތީ ހަތަރު ޝަރުތެއް
ގޯތިދޫކުރުމުގެ އުސޫލާ މެދު މެމްބަރުންނާ މަޝްވަރާކުރަނީ
އެފްޑީސީގެ ފްލެޓްތައް ހާއްސަކުރަނީ މާލޭގެ މީހުންނަށް
އަސްލަމްގެ ހުވަފެނެއް: ރަށްރަށުގައި މޫދު ގެތަކެއް
"ވެށިފަހި މާލެ ލިޔުންތައް ސަރުކާރުން ފެންނާކަށް ނެތް"