އަމިއްލަ ރަށް ނޫން އެހެން ރަށްރަށުން ވެސް ގޯތި ދެވޭ އުސޫލެއް އޮންނަން ޖެހޭ ކަމަށާއި އަދި ބަންޑާރަ އުސޫލުން ގޯތި ދިނުމަކީ ދިގު މުއްދަތަކަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
24 އޯގަސްޓް 2022
އަމިއްލަ ރަށް ނޫން އެހެން ރަށްރަށުން ވެސް ގޯތި ދެވޭ އުސޫލެއް އޮންނަން ޖެހޭ ކަމަށާއި އަދި ބަންޑާރަ އުސޫލުން ގޯތި ދިނުމަކީ ދިގު މުއްދަތަކަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ އެހެން ވިދާޅުވީ، ބައެއް ރަށްރަށުން ބަންޑާރަ ނުވަތަ ދިރިއުޅުމަށް ހިލޭ ގޯތި ދިނުމުގެ ސިޔާސަތެއް އޮތްތޯ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރެއްވުމުންނެވެ. އޭނާ އެ ސުވާލުކުރެއްވީ، މާލޭގެ މީހުންނަށް ހިލޭ ގޯތި ދިނުމަށް ސަރުކާރުން އިއުލާންކުރުމާ ގުޅިގެން އާންމުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ޒުވާބަކަށް ގޮސްފައި ވާތީ އެވެ.
މިނިސްޓަރު ވިދާޅުވީ، އެ މީހެއްގެ ރަށް ނޫން އެހެން ރަށެއްގެ ބިމަކަށް އެދިގެން އެ މީހާ އަށް އެ ތަން ދިނުމަކީ ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކުރާ ކަމެއް ނޫން ކަމަށެވެ. ދިވެއްސަކަށް ރާއްޖޭގެ ކޮންމެ ތަނަކުން ވެސް ބިންކޮޅަކަށް އެދެވިދާނެ ކަމަށް ވިދާޅުވި އެވެ އެކަމަކު، މުސްތަގުބަލުގައި އެކަން ކުރަން ހާއްސަ އުސޫލެއް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލުން ވެސް ގޯތި ދޫކުރާނެ އުސޫލު ކަނޑައަޅައި، ހައުސިން މިނިސްޓްރީ އަށް ފޮނުވާއިރު، ކޮންމެ އުސޫލެއްގައި ވެސް އޮންނަނީ އެ ރަށުގެ މީހާ އަށް ގޯތި ލިބޭ ގޮތަށް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މާލޭގެ މީހުންނަށް ގޯތި ދިނުމުގެ ކަންތައް ވެސް ކުރިއަށް ގެންދަނީ ހަމަ އެ ބީދައިން ކަމަށް ވިދާޅުވި އެވެ.
"ހަމައެކަނި މާލޭގައި ޖެހުނީމަކާ ނޫން. ނޫނީ އެ މީހެއްގެ ރަށުގައި ޖެހުނީމަކާ ނޫނޭ މިކަން ކުރަން ޖެހެނީ. މުޅި ގައުމާ ދޭތެރޭގައި އެއް ހަމައަކުން ވިސްނައި، ކޮންމެ ރައްޔިތަކަށް ވެސް ކޮންމެތާކުން ވެސް ލިބެން ޖެހޭ. އެކަމަކު ހިލޭ ދޭ ކަމަށް ވަންޏާ އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެން ބަންޑާރައިން ދޭ އުސޫލު އޮވެއްޖެ ކަމަށް ވަންޏާ ޔަގީން ކޮންމެ މީހަކު ވެސް ބޭނުންވާނީ އޭނާ އަށް ލިބިފައި އެހެން މީހަކަށް ލިބެން،" މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ އަޑު އަހަން އުނދަގޫ ވާހަކަތަކަކަށް ވެސް ވެދާނެ. އެއްވެސް މީހަކު ބޭނުމެއް ނުވެދާނެ ކަން ނޭނގެ ކައިރި މުސްތަގުބަލެއްގައި ނޫނީ ދުރު މުސްތަގުބަލެއްގައި ވެސް ބަންޑާރަ އިން ގޯތި ދިނުމަކީ ހުއްޓާލަފާނެ ޒާތުގެ ވާހަކައެއް ކަމަށް، އަޅުގަނޑުމެން ސިޔާސީ މީހަކު ވާހަކަ ދެއްކުން ވެސް. އެކަމަކު މިކަން ސަސްޓެއިން ކުރެވެން އަންނާނެ ގޮތަކީ އެއީ [އުސޫލެއް ހެދުން] ކަމަށް އަޅުގަނޑު ދެކެނީ."
އަސްލަމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އާބާދީ ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވޭއިރު، ބޭނުންވާ ވަރަށް އަބަދަކު ބިމެއް ވެސް ނުހިއްކޭނެ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި މިހާރު ހިއްކާނެ ބިން ވެސް ހުސްވަނީ ކަމަށާއި އެއާ އެކު ބިމުގެ ވިޔަފާރި ވެސް ބޮޑުވަމުން ދާ ކަމަށެވެ. އެ މައްސަލަ އަށް އެދެވޭ ހައްލެއް އަންނާނީ ހާއްސަ އުސޫލެއް ހަދައިގެން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އެ ހުރިހާ ކަމަކަށް ގުޅުވައިފައި އަޅުގަނޑުމެން އެބަޖެހޭ، އިހުޒަމާނުގައި ކަންކުރި ގޮތާ މެދު، އެކަން ކުރި ގޮތް ގޯހީކީ ނޫން، އެ ޒަމާނަށް ބަރާބަރަށް އެކަން ހަމަ ރަނގަޅު، އެކަމަކު މިހާރު ގެންނަންވީ ކޮން ބަދަލުތަކެއްތޯ ބަލަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މާލޭގެ މީހުންނަށް ދޫކުރަން ނިންމި 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށް ކުރިމަތިލާން އޮތީ ހުޅުވާލައިފަ އެވެ. އަންނަ މަހު 26 އަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނެ އެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނި ގޮތުގައި މިހާތަނަށް 10،000 އަށް ވުރެން ގިނަ މީހުން ވަނީ ގޯއްޗަށް އެދި ފޯމު ހުށަހަޅައިފަ އެވެ.
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
ހައުސިން މިނިސްޓްރީން މަޖިލީހަށް ނުދިއުމުން ނުރުހުން!
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
ގެދޮރު ބޭނުންވާ މީހުންގެ ލިސްޓެއް ހަދަނީ
ގޯއްޗާއި ފްލެޓް އަވަހަށް ހަވާލުކުރަން ގޮވާލާ ގަރާރެއް
ރަނގަޅު ނޫނަސް ސިޔާސީ ލީޑަރުން ބޭނުމީ ހިލޭ ގޯތި ދޭން
"ގޯތި ފޯމުތަކުގެ އިވެލުއޭޝަން ޖޫން ކުރީކޮޅު ނިމޭނެ"
ގޯތި ދޫކުރަން މި މަހު 26 ގައި ހުޅުވާލާނެ: އަސްލަމް
މާލޭން ގޯތި ލިބޭ މީހުންނަށް އޮތީ ހަތަރު ޝަރުތެއް
ގޯތިދޫކުރުމުގެ އުސޫލާ މެދު މެމްބަރުންނާ މަޝްވަރާކުރަނީ