ބިން ފުރިބާރުވެ، ދިރިއެޅެން ދަތި ރަށްތަކުގައި، މިހާތަނަށް ހޯދަމުން އަންނަ ހައްލަކީ ހިއްކައިގެން ޖާގަ ބޮޑުކުރުމެވެ؛ މިހާތަނަށް އޮތް މި ވިސްނުމުގެ ތެރެއިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ މި ވަނީ އޭނާ ގެންގުޅުއްވާ ޚާއްސަ ޕްލޭންތަކުގެ ތެރެއިން ހަގީގަތަކަށް ހައްދަވަން ބޭނުންވާ "ހުވަފެނެއް"ގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ކިޔައި ދެއްވައިފަ އެވެ.
13 އޮކްޓޯބަރ 2020
ބިން ފުރިބާރުވެ، ދިރިއެޅެން ދަތި ރަށްތަކުގައި، މިހާތަނަށް ހޯދަމުން އަންނަ ހައްލަކީ ހިއްކައިގެން ޖާގަ ބޮޑުކުރުމެވެ؛ މިހާތަނަށް އޮތް މި ވިސްނުމުގެ ތެރެއިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ މި ވަނީ އޭނާ ގެންގުޅުއްވާ ޚާއްސަ ޕްލޭންތަކުގެ ތެރެއިން ހަގީގަތަކަށް ހައްދަވަން ބޭނުންވާ "ހުވަފެނެއް"ގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ކިޔައި ދެއްވައިފަ އެވެ.
އެއީ، ރަށްރަށުގެ މޫދުގައި ނުވަތަ ފަޅުތެރޭގައި ގެ އެޅުމެވެ؛
އަސްލަމް ވިދާޅުވީ، މި ވާހަކަ ކުރިން ދެއްކެވުމުން ފާޑުކިޔުން އަމާޒުވި ކަމަށާއި އެކަމަކު ހަމައެކަނި ހުވަފެނެއްގެ ގޮތަށް އެކަން ދޫކޮށްލައްވަން ބޭނުން ނުވާ ކަމަށެވެ.
ފަޅުތެރޭގައި ދިރިއުޅެވޭ ރީތި މަންޒަރުތައް މީގެ ކުރިން ފެންނަނީ ރާއްޖޭގެ ރިސޯޓްތަކުންނެވެ. އެކަމަކު ހިތްގައިމުކަން ރާއްޖޭގެ މީހުން ދިރިއުޅޭ ރީތި ރަށްތަކުގައި ނުހޯދެންވީ ސަބަބެއް ނެތް ކަމަށާއި އެކަން ކުރެވޭނެ ވަސީލަތްތައް ވެސް ފަހިވެފައި ހުރި ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވަ އެވެ.
ގިނަ ރަށްތަކެއްގައި ތޮއްޖެހުން ބޮޑުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ބިނާ ވެށީގެ ޕްލޭންގައި، ބިން މުއްސަނދި ކުރާނެ ހައްލުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފަޅުތެރޭގައި ގެ އެޅުން އެއީ ވިސްނުން ކަމަށާއި އެގޮތަށް ބިން ބޭނުން ކުރެވިދާނެ މޮޑެލްއެއް ގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.
"އެއް ރަށެއްގައި އަޅުގަނޑު އެބައޮތް މިހާރު ހަމަގައިމު ވެސް [އޯވަވޯޓާލިވިން] މޮޑެލެއް ހަދާފައި އެގޮތަށް ބިން ބޭނުން ކުރެވޭނެ. އަޅުގަނޑަށް އަދި އޭތި މުޅިއަކުން ފުރިހަމަ ނުވީ ކަމުގައި ވިޔަސް ކޮންސެޕްޓެއް އެބައޮތް އަޅުގަނޑުމެންނަށް ހެދިފައި،" އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮމްޕެއާ ކުރަން މި ޖެހެނީ ބިން ހިއްކާފައި، ލިބޭ ޑްރައި ލޭންޑްގެ ވެލިއު އާއި އަޅުގަނޑުމެން މި ދެންނެވި ގޮތަށް އޯވަ ވޯޓާގައި ލިވް ކުރަން ވެގެންދާ އަކަ ފޫޓަކަށް ދާ އަގާއި މި ދޭތީގެ ހުރި އަގުގެ ތަފާތުން އަޅުގަނޑުމެން މިނާފައި ކޮން ގޮތަކަށްތޯ އަޅުގަނޑުމެން ދާންވީ."
މިނިސްޓަރު ވިދާޅުވިގޮތުގައި، ފަޅުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ހިފަން ފަށައިފި ނަމަ، ބިން ހިއްކަން އޮންނަ ޑިމާންޑު ކޮންމެވެސް ވަރަކަށް ކުޑަވާނެ ކަމަށް ގަބޫލުކުރައްވެ އެވެ.
"އެއީ، ކޮންމެވެސް ވަރަކަށް ކޮންމެވެސް ބަޔަކު ޕްރިފާ ކުރާނެ އެ ތަނުގައި ދިރިއުޅެން. އެތަނުގައި ކަމެއް ކުރަން. އަޅުގަނޑު ގަބޫލު ނުކުރަން މިއީ ޖުމްލަ ހައްލެއް ކަމަށް، އެކަމަކު ސޮލިއުޝަންގެ ބައެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އަސްލަމް ވިދާޅުވި އެވެ.
ބިނާ ވެށީގެ ގާނޫނު ފާސްކުރަން މަޖިލީހުގެ މެމްބަރުން ވާހަކަ ދައްކަވާއިރު، ބިން ބޭނުންކުރެވޭނެ ހެޔޮގޮތްތަކަކާ މެދު ވިސްނަން މިނިސްޓަރު އެދިވަޑައިގަތެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ، ރަށްރަށުގައި ބިން ހިއްކާފައި ހިލޭ ދޫކޮށްލުމަކީ އެންމެ އިންސާފުވެރި އަދި އެންމެ ފައިދާހުރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަަމަށެވެ. ކޮންމެވެސް ވަރަކަށް އެ ބިމުން ކުލި ލިބޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އާ ވިސްނުމުގެ ވާހަކަ އަސްލަމް ހިއްސާކުރެއްވިއިރު، އެ މިނިސްޓްރީން ވަނީ ރަށްތައް އިތުރަށް ތަރައްގީކުރަން ސްޕެޝަލް ޑިވެލޮޕްމަންޓް ޕްލޭނެއް ވެސް ތައްޔާރުކޮށްފަ އެވެ.
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
މާލޭން ގޯތި ލިބޭ މީހުންނަށް އޮތީ ހަތަރު ޝަރުތެއް
"ވެށިފަހި މާލެ ލިޔުންތައް ސަރުކާރުން ފެންނާކަށް ނެތް"
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
ރަނގަޅު ނޫނަސް ސިޔާސީ ލީޑަރުން ބޭނުމީ ހިލޭ ގޯތި ދޭން
އަސްލަމް ވިދާޅުވީ، ބްރިޖުގެ މަސައްކަތް ލަސްކަމަށް!
"ގޯތި ފޯމުތަކުގެ އިވެލުއޭޝަން ޖޫން ކުރީކޮޅު ނިމޭނެ"
"ސަރުކާރުން ހައުސިން ޕްރޮޖެކްޓްތައް ހިންގާކަށް ނުޖެހޭ"
އެހެން ރަށްރަށުން ވެސް ގޯތިދެވޭ އުސޫލެއް އޮންނަން ޖެހޭ
ގޯތި ދޫކުރަން މި މަހު 26 ގައި ހުޅުވާލާނެ: އަސްލަމް