Roadha Mihaaru
ކޮމަންޑޫގައި 30 ފްލެޓް އަޅަން އާރުސީސީއަށް

ކޮމަންޑޫގައި 30 ފްލެޓް އަޅަން 41 މިލިއަން ރުފިޔާ އަށް އާރުސީސީއާ ހަވާލުކޮށްފި

31 މެއި 2023

ށ. ކޮމަންޑޫގައި 30 ފްލެޓް އިމާރާތްކުރަން 41 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް (އާރުސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ށ. ކޮމަންޑޫގައި 30 ފްލެޓް އިމާރާތްކުރަން 41 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް (އާރުސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރުއޫގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓްސް ޑިރެކްޓަރު އާދަމް ރަހީމެވެ.

ށ. ކޮމަންޑޫގައި ހިންގާ ހައުސިން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ށ. ކޮމަންޑޫގައި ހިންގާ ހައުސިން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އެ މަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓްގެ ދެ ބުރީގެ 30 ފްލެޓެވެ. ކޮންމެ ފްލެޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމާއި ބަދިގެ އާއި ކާގެ އާއި ލޯންޑްރީ އަދި ސްޓޯރޫމެއް ހުންނާނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އިމާރާތުގެ ވަށާފާރާއި ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް ފްލެޓްތަކުގެ ވަށައިގެން އަލިކުރާނެ އެވެ. އަދި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ވެސް ހަދާނެ އެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މި މަޝްރޫއަށް މުޅި ޖުމްލަ 40،923،848.16ރ. ހޭދަވެ އެވެ.