Roadha Mihaaru
ގެއްލުނު ދެމައިން ފެނިއްޖެ، ހާލު ރަނގަޅު

ގެއްލުނު ދެމައިން ފެނިއްޖެ، ހާލު ރަނގަޅު

31 މެއި 2023

ދެ އަހަރުގެ އަންހެން ދަރިފުޅާ އެކު ހުޅުމާލެ އިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ މިއަދު ފެނިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދެ އަހަރުގެ އަންހެން ދަރިފުޅާ އެކު ހުޅުމާލެ އިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ މިއަދު ފެނިއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އާއިލާ އަށް ހަބަރެއް ނުވެގެން ފުލުހަށް ރިޕޯޓު ކުރުމުން ހޯދަމުން ދިޔައީ ހއ. އިހަވަންދޫ، ނަސްރީނުގެ، އައިޝަތު އިހްސާނާ، 32، އާއި އޭނާގެ ތުއްތު ދަރިފުޅެވެ.

ފުލުހުން ބުނީ އައިޝަތު އިހްސާނާ އޭނާގެ އާއިލާ އަށް މިހާރު ގުޅާފައިވާ ކަމަށާއި އޭނާ އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.

އިހްސާނާ ގެއްލިގެން ހޯދަން ފެށީ ވެސް މިއަދު އެވެ.

މި ފަހުން ރަށްރަށުންނާއި މާލެއިން މީހުން ގެއްލިގެން ރިޕޯޓު ކުރާ އަދަދު ވަނީ އިތުރުވެފައި އެވެ. ގެއްލިގެން ރިޕޯޓު ކުރާ މީހުން ހޯދަން އިއުލާން ކުރުމުން ގިނަ މީހުން ފެނެ އެވެ.