Roadha Mihaaru
ތައުފީގު ގެއްލިގެން ހޯދާތާ 5 ދުވަސް، އަދިވެސް ނުފެނޭ

ތައުފީގު ގެއްލިގެން ހޯދާތާ ފަސް ދުވަސް، އަދިވެސް ނުފެނޭ

27 އޯގަސްޓް 2023

މިދިޔަ އަންގާރަ ދުވަހުން ފެށިފެން ގެއްލިގެން ހޯދަމުންދާ މުހަންމަދު ތައުފީގު އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ އަންގާރަ ދުވަހުން ފެށިފެން ގެއްލިގެން ހޯދަމުންދާ މުހަންމަދު ތައުފީގު އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދަން އިއުލާނު ކޮށްފައި ވަނީ، ހއ. ބާރަށު ޝައިނިންސްޓާ، މުހައްމަދު ތައުފީގު، 35، އެވެ. އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓު ކުރީ އިއްޔެ މެންދުރު އެވެ.

ފުލުހުން ބުނީ އޭނާ ހޯދަން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބާރަށު ކައުންސިލުން ބުނީ ތައުފީގު މަސައްކަތް ކުރަނީ ވިލިމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ އެމްޓީސީސީގެ ފެރީގައި ކަމަށެވެ.

"ފެރީ އަށް، ޑިއުޓީ އަށް ނާންނާތީ އެ މީހުން ގުޅީ. މަސައްކަތް ތަނުގެ މީހުންނަށް ވެސް އާއިލާއިން މަސައްކަތް ކުރާ ގުޅައިގެން ޑިއުޓީ އަށް ވެސް ނާންނަކަން އެނގުނީ. ދެން އެ ހިސާބުން ހޯދަން ފުލުހުންނަށް އެ އެންގީ،" އެ ރަށު ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.

"ވަރަށް ބައިވަރު ކުށުގެ ރެކޯޑު އޮންނަ މީހެއް. މަސްތުވާތަކެތި މައްސަލަތަކުގައި އުޅޭ ކަމަށް އަޅުގަނޑުމެންނަށް ވެސް މައުލޫމާތު ލިބިފައި އޮންނަނީ."

ތައުފީގު އެންމެ ފަހުން ފެނިފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން ކަމަށާއި އޭރު އޭނާ ލައިގެންހުރީ ރަތްކުލައިގެ ގޮޅިޖެހި ގަމީހަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތައުފީގާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.