Roadha Mihaaru

ހެޕީ މާކެޓުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ހެޕީ މާކެޓަށް 25 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ހެޕީ މާކެޓުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
އަލީ ޝިނާން
އަލީ ޝިނާން

30 އޮކްޓޯބަރ 2017

ހެޕީ މާކެޓަށް 25 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ހެޕީ މާކެޓުން ބުނީ، "ޔެސް 2017" ގެ ނަމުގައި އަންނަ ނޮވެމްބަރު 1 އިން ފެށިގެން ޑިސެމްބަރު މަހުގެ ނިލަޔަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ތެރެއިން ޑިސްކައުންޓް ލިބޭނީ ގަނޑުކޮށް މުދާ ގަންނަ ވިޔަފާރިތަކަށް ކަމަށެވެ. އަދި ޕްރޮމޯޝަނުގެ އެންމެ ހާއްސަ ޕްރޮޑަކްޓްތަކަކީ ހާޝޭސް ޗޮކްލެޓާއި އަލަށް ތައާރަަފް ކުރި ޓަބާސްކޯ ހޮޓް ސޯސް ކަމަށް ހެޕީ މާކެޓުން ބުންޏެވެ.

"މި ޕްރޮމޯޝަނަކީ އަޅުގަނޑުމެންގެ ލޯޔަލް ކޯޕަރޭޓް ކަސްޓަމަރުންގެ އަގު ވަޒަން ކުރުން. އަޅުގަނޑުމެން އަދިވެސް މި މަސައްކަތް ކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖޭގެ އެންބީ އިންޑަސްޓްރީއަށް ކޮލެޓި ރަނގަޅު، ގިނަ ޕްރޮޑަކްޓްތަކެއް ގެނެސްދިނުމަށް،" ހެޕީ މާކެޓްގެ މާކެޓިން މެނޭޖަރު އަބްދުﷲ ނައީމް ވިދާޅުވި އެވެ.

ހެޕީ މާކެޓުން މާލޭގައި ހިންގާ ފިހާރަތަކުގެ އިތުރުން، ހުޅުމާލެ އާއި ވިލިމާލޭގައި ހިންގާ ފިހާރަތަކުން އޯޑަރު ކުރާ ވިޔަފާރިވެރިންނަށް ވެސް މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނެ އެވެ.

އަހަރީ ދުވަހާ ދިމާކޮށް ހެޕީ މާކެޓުން ވަނީ މެދުޒިޔާރަތް މަގުގައި، ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތުގެ ކުރިމައްޗަށްވާ ގޮތަށް "ހެޕީ މާކެޓް ޝޮޕް 5"ގެ ނަމުގައި އާ ފިހާރައެއް ވެސް މިދިޔަ ހަފުތާގައި ހުޅުވައިފަ އެވެ.