Roadha Mihaaru
ހެޕީ މާކެޓުން ވެގާގެ ދަޅު ކާނާ ވިއްކަން ފަށައިފި

ހެޕީ މާކެޓުން ވެގާގެ ދަޅު ކާނާ ވިއްކަން ފަށައިފި

17 މާޗް 2021

ދިވެހިންގެ މެދުގައި މަގުބޫލު "ވެގާ" ބްރޭންޑުގެ ދަޅު ކާނާ ހެޕީ މާކެޓުން ވިއްކަން ފަށައިފި އެވެ.

ދިވެހިންގެ މެދުގައި މަގުބޫލު "ވެގާ" ބްރޭންޑުގެ ދަޅު ކާނާ ހެޕީ މާކެޓުން ވިއްކަން ފަށައިފި އެވެ.

އެ ފިހާރައިން ބާޒާރަށް ނެރުނު ތަކެތީގެ ތެރޭގައި ވެގާ ބްރޭންޑުގެ ބޭކްޑް ބީންސް، ރެޑް ކިޑްނީ ބީންސް، ޗިކް ޕީސް އަދި ގްރީން ޕީސް އާއި ފްރުޓް ކޮކްޓެއިލް ހިމެނެ އެވެ. މި ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކަން ފެށީ ރޯދައާ ދިމާކޮށް ގިނަ ބަޔަކު އެތަކަތި ބޭނުންވާނެތީ ކަމަށް ހެޕީ މާކެޓުން ބުންޏެވެ.

ވެގާގެ ބޭކްޑް ބީންސް ތައްޔާރުކޮށްލަން ނަގަނީ ކުޑަ ވަގުތުކޮޅެކެވެ. ހެޕީ މާކެޓުން ބުނީ އޭގެ ރަހަ ވެސް އެހާމެ މީރުވާނެ ކަމަށެވެ.

ވެގާ ގްރީން ޕީސް އަކީ އޮށް ކީމިޔާ ފަދަ ހެދިކާ ހަދާށާއި ތަފާތު ވައްތަރުގެ ފްރައިޑް ރައިސްއަށް ބޭނުން ކުރެވޭނެ ދަޅުކާނާއެކެވެ. ގްރީން ޕީސް އަކީ އިންޑިއާގެ ކެއުންތަކުގައި ވަރަށް އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ.

ތަފާތު ސެލެޑާއި ސޫޕް އަދި ނާޗޯސް އާއި ކެސެރޯލް ފަދަ ތަކެތި ހަދަން ވެގާ ރެޑް ކިޑްނީ ބީންސް ބޭނުންކުރެ އެވެ.

ހެޕީ މާކެޓުން ބުނި ގޮތުގައި ވެގާގެ ފްރުޓް ކޮކްޓެއިލް ދަޅަކީ، ރޯދަމަހު ޖޫސް ހަދާށާއި ފޮނި އެއްޗިއްސަށް ބޭނުންކުރެވިދާނެ މުހިންމު ބާވަތެކެވެ.

މި އުފެއްދުންތައް މިހާރު ހެޕީ މާކޭޓުގެ ހުރިހާ ފިހާރައަކުން ލިބެން އެބަ ހުއްޓެވެ.

ހެޕީ މާކެޓުން ބުނިގޮތުގައި ރޯދަ މަހާ ދިމާކޮށް ވެގާގެ އިތުރުން ޕްރިމިއަން ބްރޭންޑެއްގެ އިތުރު ހަ އުފެއްދުމެއް ތައާރަފު ކުރާނެ އެވެ. އެހެން އަހަރުތަކާ އެއްގޮތަށް މި އަހަރު ވެސް ގިނަ މުދަލުގެ އަގު ހެޔޮވާނެ ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.