Roadha Mihaaru
ހެޕީމާކެޓުން ގިނަ ޕްރޮޑަކްޓުތަކެއް އަގުހެޔޮ ކޮށްފި

ރޯދައަށް ހެޕީމާކެޓުން ގިނަ ޕްރޮޑަކްޓުތަކެއް އަގުހެޔޮ ކޮށްފި

19 މާޗް 2023

ހެޕީ މާކެޓުން އެތެރެކޮށް ވިއްކާ ކާބޯތަކެތީގެ ގިނަ ޕްރޮޑަކްޓުތަކެއް ރޯދައަށް ހާއްސަކޮށް އަގުހެޔޮ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހެޕީ މާކެޓުން އެތެރެކޮށް ވިއްކާ ކާބޯތަކެތީގެ ގިނަ ޕްރޮޑަކްޓުތަކެއް ރޯދައަށް ހާއްސަކޮށް އަގުހެޔޮ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހެޕީމާކެޓުން ބުނީ މި އަހަރު ވެސް އެ ކުންފުނިން ގިނަ އަދަދެއްގެ ކާބޯތަކެތި އަގުހެޔޮކުރަން ނިންމީ ރަމަޟާން މަހު ކޮލިޓީ ރަނގަޅު ގިނަ އަދަދެއްގެ ބާވަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

އެ ކުންފުނިން އަގުހެޔޮ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ފިނިކުރި ކުކުޅުގެ 800ގ އާއި 900ގ އާއި 1،000ގ އާއި 1،200ގ އާއި 1،400ގެ ކުކުޅެވެ. އަދި މެރިނޭޓެޑް ޗިކަން އާއި 1 ކިލޯގެ ބޯންލެސް ޗިކަން އާއި ކުކުޅު ފައި (ޗިކަން ޑްރަމްސްޓިކް) އާއި ކުކުޅު ކުރަނޑި (ޗިކަން ގިޒާޑް) ވެސް ވަނީ އަގުހެޔޮކޮށްފަ އެވެ.

ހެޕީމާކެޓުން ރޯދައަށް ފިނިކުރި ކުކުޅުގެ އަގު ވަނީ ހެޔޮ ކޮށްފަ. -- ފޮޓޯ: ހެޕީމާކެޓް

ހެޕީމާކެޓުން ރޯދައަށް ފިނިކުރި ކުކުޅުގެ އަގު ވަނީ ހެޔޮ ކޮށްފަ. -- ފޮޓޯ: ހެޕީމާކެޓް

އޭގެ އިތުރުން ޗިކަން ނަގެޓްސް، ބީފް ޗަންކްސް، ބީފް ޓޮޕްސައިޑް، ބީފް ޓެންޑެލޮއިން، މަޓަން އަދި ފްރެންޗް ފްރައިސް ފަދަ ޕްރޮޑަކްޓުތައް ވެސް ވަނީ އަގުހެޔޮ ކޮށްފަ އެވެ. އަގުހެޔޮ ކުރި އިތުރު ބާވަތްތަކުގެ ތެރޭގައި ފޯޗިއުން ބްރޭންޑްގެ ބާސްމަތީ ހަނޑޫ އަދި ސަންފްލާވާ ތެޔޮ، ގެރިކިރު، ލަންޗިން މީޓް، ކޯންޑްބީފް ހިމެނެ އެވެ.

ހެޕީމާކެޓުން ބުނީ މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށް އެ ކުންފުނިން ވިއްކާ، ކޮށާފައި ހުންނަ މަޝްހޫރު ސިއަރާ ބްރޭންޑުގެ ކުކުޅު މިކްސްގެ 1 ކިލޯގެ ޕެކެޓް ވެސް ތައާރަފްކޮށްފައިވާ ކަމަށެވެ.

ހެޕީމާކެޓުން ބުނި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ކުންފުނީގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އިތުރު ދެ ހިސާބެއްގައި ދެ ފިހާރައެއް މިއަހަރު ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހެޕީމާކެޓުގެ ފިހާރަތައް މިހާރު ހުރީ މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ އަދި ކުޅުދުއްފުށީގަ އެވެ. މި ފިހާރަތަކުން ހެޕީމާކެޓުން ވިއްކާ ހުރިހާ ޕްރޮޑަކްޓުތަކެއް ވެސް ރޯދައަށް ކަނޑައަޅާފައިވާ ހާއްސަ އަގުތަކުގައި ލިބޭނެ އެވެ.

އެ ކުންފުނިން ރަށު ބޯޓުތަކަށް ފޯރުކޮށްދޭ ޑެލިވަރީ ހިދުމަތް 7956711 އަދި 7372996 އަށް ގުޅައިގެން ނުވަތަ އޯޑަރު ވައިބަ ކޮށްގެން ހޯދޭނެ އެވެ.