Roadha Mihaaru
ނުހާ، ފުލުހެއްގެ އަތުގައި ދަތް އަޅައިގެން ބަންދަށް

ތަކުރާރުކޮށް ހައްޔަރުކުރާ ނުހާ، ފުލުހެއްގެ އަތުގައި ދަތް އަޅައިގެން ބަންދަށް

12 ޖޫން 2023

އިދިކޮޅު ޕީޕީއެމްއިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މުޒާހިރާއެއްގެ ތެރެއިން ފުލުހެއްގެ އަތުގައި ދަތްއެޅި އަންހެނަކު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިދިކޮޅު ޕީޕީއެމްއިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މުޒާހިރާއެއްގެ ތެރެއިން ފުލުހެއްގެ އަތުގައި ދަތްއެޅި އަންހެނަކު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ޕީޕީއެމްއިން ސިލްސިލާކޮށް ކޮންމެ ރެޔަކު މުޒާހަރާތައް ކުރިއަށް ގެންދަނީ 11 އަހަރަށް ޖަލަށް ލާފައިވާ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލަ އެވެ.

ހޮނިހިރު ދުވަހުގެ މުޒާހަރާއިން ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ކޯލިޝަނުގެ އެކްޓިވިސްޓް އާއިޝަތު ނުހާ އިބްރާހިމް، 20، އެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ.

އެ އަމުރުގައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދަން މަސައްކަތް ކުރުމުން، ފުލުސް މީހާގެ އަތުގައި އޭނާ ދަތް އަޅާފައިވާކަން، ދެ ފުލުހެއްގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

އަދި އޭނާއަކީ މީގެ ކުރުން ހައްޔަރު ކޮށްފައިވާ ފަރާތަކަށް ވުމުން، އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ވެސް ކޯޓުން ފާހަގަ ކޮށްފައި ވެއެވެ.

ނުހާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޯޓުން ބުނެފައިވެ އެވެ.