Roadha Mihaaru
ގަންނަ މާޓުގެ ރެޕް ލަވައަށް ގިނަ ބައެއްގެ ތައުރީފު

ގަންނަ މާޓުގެ ރެޕް ލަވަ އަށް ގިނަ ބައެއްގެ ތައުރީފު

31 މާޗް 2020

އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ "ގަންނަ މާޓު"ން ކޮވިޑް-19 އާ ގުޅިގެން ތައްޔާރުކުރި ރެޕް ލަވަ އަށް ގިނަ ބައެއްގެ ތައުރީފު ލިބިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ "ގަންނަ މާޓު"ން ކޮވިޑް-19 އާ ގުޅިގެން ތައްޔާރުކުރި ރެޕް ލަވަ އަށް ގިނަ ބައެއްގެ ތައުރީފު ލިބިއްޖެ އެވެ.

ގަންނަ މާޓުން އާއްމު ކުރި އެ ލަވައަކީ ރާއްޖޭގެ ކުންފުނިތަކުުން ކޮވިޑާ ގުޅިގެން ހޭލުންތެރި ކުރުމުގެ ގޮތުން މިހާތަނަށް ތައްޔާރު ކުރި ވީޑިއޯތަކުގެ ތެރެއިން އެންމެ ތަފާތު އެއް ވީޑިއޯ އެވެ. ފޭސްބުކް މެދުވެރިކޮށް އެ ލަވަ ބެލި މީހުންގެ އަދަދު މިހާރު ވަނީ ލައްކައަކާ ގާތްކޮށްފަ އެވެ.

ފޭސްބުކްގައި ވައިރަލް ވެފައިވާ އެ ލަވައިން ދައްކައިދެނީ މަޖާ ގޮތަކަށް ސީރިއަސް މެސެޖެއް އާއްމުންނަށް ދޭ މަންޒަރެވެ. މީގެ ތެރޭގައި ބޭރަށް ނުގޮސް ގޭގައި މަޑު ކުރުމަަށާއި އަތް ދޮންނާށާއި އަދި އޮންލައިން ކޮށް ވިޔަފާރި ކުރުމަށާއި އެއްވެސް ކަހަލަ އަލާމާތެއް ފެންނަ ނަމަ 1676 އަށް ގުޅުމަށް ބާރު އަޅާ މަންޒަރުތައް ހިމެނެ އެވެ.

ގަންނަ މާޓުން އާއްމު ކުރި ވީޑިއޯ

އެ ލަވައާ އެކު ގަންނަ މާޓުން ވަނީ އޮންލައިން ވިޔަފާރި ކުރުމަށް އެފިހާރައިން މޯބައިލް އެޕްލިކޭޝަނެއް ތައާރަފު ކުރާނެ ކަން ވެސް އިއުލާން ކޮށްފަ އެވެ. މި އެޕްލިކޭޝަން ތައާރަފު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށާއި ގޭގައި ތިބެގެން ވިޔަފާރި ކުރުމަށް އިތުރު ލުއިތަކެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ މާކެޓިން އެގްޒެކެޓިވް ފާތިމަތު ޝަފްރާ ވިދާޅުވި އެވެ.