27 ޖޫން 2023
ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓް ކުރި ކްލަބްތަކުގެ މައްސަލަ ބާއްވާފައި، ސާފް ޗެމްޕިއަންޝިޕްގެ ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވަބު ނުދީ ޕްރެސް ކޮންފަރެންސް ދޫކޮށްލި މައްސަލައިގައި ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ފިޔަވަޅު އަޅަން އެފްއޭއެމުން ތައްޔާރު ވެއްޖެ އެވެ.
ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓް ކުރި ކްލަބްތަކުގެ މައްސަލަ ބާއްވާފައި، ސާފް ޗެމްޕިއަންޝިޕްގެ ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވަބު ނުދީ ޕްރެސް ކޮންފަރެންސް ދޫކޮށްލި މައްސަލައިގައި ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ފިޔަވަޅު އަޅަން އެފްއޭއެމުން ތައްޔާރު ވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، އޮތް ޕޯސްޓް މެޗު ޕްރެސް ކޮންފަރެންގައި މޮރިއޭރޯ ވަނީ ވަކިވަރަކަށް ވާހަކަ ދެއްކުމަށް ފަހު ނުވާނެ ކަމަށް ބުނެ ޕްރެސް ކޮންފަރެންސް ދޫކޮށްލައިފަ އެވެ.
މި މައްސަލަ އާ ގުޅިގެން އެފްއޭއެމުން ބުނެފައި ވަނީ މޮރިއޭރޯ އަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުޓްބޯޅައަށް ފާޑުކިޔާތީ ހަތް ކްލަބަކުން "މިހާރު" ބޮއިކޮޓްކޮށްފި https://t.co/AlyBs14Yne
— Mihaaru (@Mihaarunews) December 23, 2021
މީގެ ކުރިން 2021 ގެ ޕްރެޒިޑެންޓްސް ކަޕުގައި ކްލަބްތަކުން ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކުރި އެވެ. އެފްއޭއެމްގެ ޖެނަރަލް ސެކެރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވެސް ވަޑައިގެން ހުންނެވި، ޕްރެސް ރޫމް ހޯލަށް ވަދެ ކްލަބްތަކުން ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކުރީ "މިހާރު" ނޫސް ބައިވެރި ވާތީ ކަމަށް ބުނެ އެވެ. ކްލަބްތަކުން އޭރު ބުނީ "މިހާރު" އިން ފުޓްބޯޅަ އަށް ގެއްލުންވާ ގޮތަށް ފާޑު ކިޔާ ކަމަށެވެ.
އެ ދުވަހު ޖަވާޒު، "މިހާރު" އަށް ވިދާޅުވީ، ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކުރި ކްލަބްތަކުގެ މައްސަލަ ބަލާނެ ކަމަށެވެ. އެކަމަކު އޭރު ޕްރެސް ބޮއިކޮޓް ކުރި ކްލަބެއްގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައަ ގުޅިގެން އެފްއޭމުން ނަސޭހަތުގެ ސިޓީއެއް ހާ ހިސާބު ވެސް ފޮނުވާފައި ނެތް ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕްގައި ޕްރެސް ކޮންފަރެންސްގައި ވަކި ހިސާބަކުން ޕްރެސް ދޫކޮށްލި މައްސަލައިގައި މޮރިއޭރޯ އަށް ފިޔަވަލު އަޅާނެ ކަމަށް ބުނެފައި ވާތީ، އެ ފިޔަވަޅު އަޅަނީ ކޮން އިރަކުންތޯ ނޫސްވެރިން ސުވާލު ކުރުމުން، އެފްއޭއެމްގެ ޑެޕިޔުޓީ ޖެނަރަލް ސެކެރެޓަރީ އަދި ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު ވިދާޅުވީ، އެކަން ބަލަމުންދާ ކަމަށާއި މި ވަގަތު ޓީމުގެ ސަމާލުކަން ހުރީ މާދަމާ ލުބުނާނާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ކަމަށެވެ.
ވާވަރު ކަމެއް ނޫނޭ ބުނެ ރާއްޖޭގެ ކޯޗު ޕްރެސް ދޫކޮށް ހިނގައްޖެ https://t.co/e29LDTrYjG
— Mihaaru (@Mihaarunews) June 25, 2023
"ދެން އޮތް މެޗަށް ފަހު މިކަން ބަލާނަން. މިވަގުތު އަޅުގަނޑުމެންގެ ސަމާލުކަން މި ހުރީ ކުރިއަށް އޮތް މެޗަށް. ހިނގާދިޔަ ކަންކަން އެނަލައިޒްކޮށް، އެނަލިސިސްގެ މައްޗަށް ބިނާކޮށް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ ފިޔަވަޅު އަޅާނަން،" ނޫސްވެރިން ސުވާލު ކުރުމުން އެފްއޭއެމްގެ މީޑިއާ ގުރޫޕަށް ޝިބާ ފޮނުވި މެސެޖްގައި ވެއެވެ.
މުބާރާތުގައި ރާއްޖެ ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން، މޮރިއޭރޯ އަށާއި އެފްއޭއެމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި މޮރިއޭރޯގެ އިސްތިއުފާ އަށް ގޮވާލައިފަ އެވެ.
ލުބުނާނާ ދެކޮޅަށް މާދާމާ ރާއްޖެއިން ކުޅޭ މެޗު ފަށާނީ، ރާއްޖޭ ގަޑިން މެންދުރު ފަހު 3 ޖަހާއިރު އެވެ.
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ސާފަށް ދެކޯޗެއްގެ ތައްޔާރުވުން؛ މޮރިއޭރޯ އާއި އުރްބާނީ
ރާއްޖެ މެޗު އެނަލިސިސްއެއް؛ މިހާ ދަށް މެޗެއް ނުދެކެން
ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގައި ތަރުޖަމާނަކު ނެތް
މާޒިޔާއިން ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
މުސާރައިގެ ވާހަކަ އެހުމުން އެފްއޭއެމަށް ވީ ނެގެޓިވް
ސާފްގެ ގުރޫޕް ސްޓޭޖުން އަލަށް ރާއްޖެ ކަޓައިފި
ޓޮމްގެ ވާހަކަ: ކުޅުންތެރިންނަށް ނެގެޓިވް އެނަޖީ ނުދީ!
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް