ރާއްޖޭގެ އާބާދީގެ 46 ޕަސެންޓް މީހުންނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށަކަށް ހިޖުރަކޮށްފައިވާ މީހުންކަން ބޯހިމެނުމުގެ ރިޕޯޓުން ދައްކައިފި އެވެ.
11 ޖުލައި 2023
ރާއްޖޭގެ އާބާދީގެ 46 ޕަސެންޓް މީހުންނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށަކަށް ހިޖުރަކޮށްފައިވާ މީހުންކަން ބޯހިމެނުމުގެ ރިޕޯޓުން ދައްކައިފި އެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ، ބޯހިމެނުމުގެ މިދިޔަ އަހަރުގެ ރިޕޯޓު ނެރެފަ އެވެ.
އެ ރިޕޯޓުން ބުނީ ރާއްޖޭގައި އާއްމުކޮށް ދިރިއުޅޭ ދިވެހިންގެ ތެރެއިން 46 ޕަސެންޓަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ހިޖުރަކޮށްފައިވާ މީހުން ކަމަށެވެ. ހިޖުރަކުރި 40 ޕަސެންޓަކީ 25-39 އަހަރާ ދެމެދުގެ މީހުންނެވެ.
ހިޖުރަކުރި ކަމަށް، ބޯހިމެނުމުގައި ބަލަނީ އެ މީހަކު އާއްމުކޮށް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއް ނުވަތަ ގައުމެއްގައި އެއް އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅެފައިވާ ނަމަ ނުވަތަ ދިރިއުޅެން ގަސްތުކޮށްފައިވާ ނަމަ އެވެ.
ހިޖުރަކޮށްފައިވާ އާބާދީއަށް ބަލާއިރު ގިނަ މީހުން ބަދަލުވެފައިވަނީ ތައުލީމާއި ވަޒީފާ ހޯދުމަށް އަދި އާއިލާ އެކުގައި ދިރިއުޅުމަށެވެ.
މާލެއަށް ހިޖުރަކުރި 37 ޕަސެންޓް ބަދަލުވެފައިވަނީ ތައުލީމް ހޯދުމަށެވެ. އާއިލާ އެހެން ރަށަކަށް ބަދަލުވުމުން އެ މީހުންނާ އެކު ދިރިއުޅުމަށް 21 ޕަސެންޓް މީހުން ހިޖުރަކުރިއިރު ވަޒީފާ ހޯދުމަށް/އަދާކުރުމަށް 14 ޕަސެންޓް މީހުން ބަދަލުވެފައިވެ އެވެ.
މައިގަނޑު ގޮތެއްގައި ރަށްރަށަށް އަލުން އަނބުރާ ބަދަލުވެފައިވަނީ، ރަށުގައި އަލުން ދިރިއުޅެން ބޭނުންވާތީ ކަމަށް 29 ޕަސެންޓް މީހުން ބުންޏެވެ. އާއިލާ ހިޖުރަކުރުމުން އާއިލާއާ އެކު ދިރިއުޅުމަށް 21 ޕަސެންޓް އަދި ކައިވެންޏާ ގުޅިގެން 13 ޕަސެންޓް މީހުުން ބަދަލުވެފައިވެ އެވެ.
އިތުރުވީ 44000 ދިވެހިން، ބިދޭސީން ދެ ގުނަ އިތުރު
ބޯހިމެނުމުގެ ނަތީޖާ ސައްހަވާނެ ކަމާމެދު އުފައްދާ ސުވާލު
ބޯހިމެނުން: ބޭރުގައި އުޅޭ ދިވެހިންގެ މައުލޫމާތު ހޯދަނީ
މިހާތަނަށް ދައްކަނީ 16،800 ދިވެހިން އިތުރުވިކަމަށް
ބޯހިމެނުމުގެ މުއްދަތު ހަފުތާއަކަށް އިތުރުކޮށްފި
ބޯހިމެނުން: މާލެ އިން މައުލޫމާތު ނުލިބޭ 900 ތަނެއް
ބޯހިމެނުން: ބައިވެރިނުވެވި ތިބި ނަމަ 1423އަށް ގުޅާ
8 އަހަރު ފަހުން ރާއްޖޭގައި ބޯހިމަނަން ފަށައިފި
ބޯހިމަނާނީ މިރޭ 12ގެ ފަހުން ދިރިއުޅޭ ތަނަކުން!
ބޯހިމެނުމުގެ ޕައިލެޓް ހަރަކާތެއް މިއަދު ފަށައިފި