ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެ ކަމަށް އިއުލާނުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު ހަމަޖައްސައިފި އެވެ. އެކަން ޕީޕީއެމުން ދެންމެ ވަނީ މީޑިއާތަކަށް ވެސް އަންގައިފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެ ކަމަށް އިއުލާނުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު ހަމަޖައްސައިފި އެވެ. އެކަން ޕީޕީއެމުން ދެންމެ ވަނީ މީޑިއާތަކަށް ވެސް އަންގައިފަ އެވެ.
ޔާމީން ވާދަކުރައްވަން އެ ޕާޓީން ޓިކެޓް ދީފައި ވިޔަސް އެ މަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ މަގު އަދި އޮތީ ބަންދުވެފަ އެވެ.
ޑރ. ޖަމީލަކީ 2013 ގައި ރައީސް ކަމަށް ޔާމީން ވަޑައިގަތް އިރު އެމަނިކުފާނުގެ ނައިބު ރައީސެވެ. އެކަމަކު، ރައީސް ކަމުގައި ހުންނަވަނިކޮށް ޖުލައި 21، 2015 ގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ނައިބު ރައީސްކަމުން އޭނާ ވަކިކުރި އެވެ.
ޑރ. ޖަމީލްގެ އިތުބާރު ނެތްކަމަށް ޔާމީންގެ ބާރު އޭރު އޮތް ރައްޔިތުންގެ މަޖިލިހުން ފާސްކުރީ ޔާމީނާއި ޑރ. ޖަމީލާ ދެމެދު ގުޅުން ގޯސްވެ، ދެ ބޭފުޅުންގެ ދެމެދުގައި އެއްވެސް ގުޅުމެއް ނެތްތާ ދުވަސްގަނޑެއް ފަހުންނެވެ. ޑރ. ޖަމީލް ރާއްޖެ އިން ބޭރުގައި ހުންނަވަނިކޮށް، އިތުބާރު ނެތްކަމަށް ފާސްކުރުމާ އެކު، ޔާމީނާ ދެކޮޅަށް ނުކުންނަވައި އަދި މި ސަރުކާރު ވެރިކަމަށް ގެނައުމަށް އުފެއްދި ކޯލިޝަންގައި ވެސް ޑރ. ޖަމީލް އިސްކޮށް މަސައްކަތް ކުރެއްވި އެވެ.
އޭގެ ފަހުން، ޑރ. ޖަމީލަކީ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި މިހާރު އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅާ ވެސް މެ އެވެ.
ޔާމީންގެ ނަން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމުން ހުށަހަޅަން ނިންމާފައި އޮތަސް އެ މަނިކުފާނު ހުންނެވީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލައިފަ އެވެ. އެހެންވެ އެ ހުކުން ދެމި އޮތްހާ ހިނދަކު ޔާމީނަށް ކެންޑިޑެސީ ލިބުމުގެ ފުރުސަތެއް ނެތެވެ. އެ މަނިކުފާނަށް އޮތް ހަމައެކަނި ފުރުސަތަކީ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އަންނަ މަހުގެ ހަތް ވަނަ ދުވަހު ހަމަވުމުގެ ކުރިން ޖަލު ހުކުމުގެ އިސްތިއުނާފް ހައި ކޯޓުން ނިމި މިނިވަން ވުމެވެ. އެކަމަކު އެ މައްސަލާގައި ހިމެނޭ ތިން ގަޒިއްޔާގެ ތެރެއިން އަދި ކޯޓަށް ހުށަހަޅާ ނިމުނީ އެންމެ މައްސަލައެކެވެ. އެހެންވެ ވަގުތު އޮއްވައި ހައި ކޯޓުން މައްސަލަ ނިންމޭނެ ކަމަކަށް ނުބެލެވެ އެވެ.
ބަލަން އުޅުނު ފައިލްގައި ޔާމީންގެ ފޯމެއް ނެތް:ވަކީލުން
އިންތިހާބަށް ވަގުތު އޮއްވާ ޔާމީން މިނިވަންވާނެ:ވަކީލުން
ދެވަނަ ބުރުގައި ޔާމީން ވޯޓު ލައްވާނެ: ޖަމީލް
މުއިއްޒަށް އިތުރަށް ތާއީދު ހޯދައިދޭން ޔާމީން އެދިއްޖެ
"ވަކިގައުމަކަށް ބަރޯސާނުވެ މިނިވަންކަން ދަމަހައްޓާނަން"
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ފާހެއް ނުވި
ޔާމީންގެނޯޓުގެ ސައްހަކަން ޒެއިން ކަށަވަރު ކޮށްދެއްވައިފި
އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އަންގަވައިފި