Roadha Mihaaru
ކްރޮސްރޯޑްގެ ތިން ވަނަ ރިސޯޓް ނޮވެމްބަރުގައި ހުޅުވަނީ

ކްރޮސްރޯޑްގައި ހަދާ ތިން ވަނަ ރިސޯޓް ނޮވެމްބަރުގައި ހުޅުވަނީ

31 ޖުލައި 2023

ފްރާންސްގެ އެންމެ ބޮޑު ހޮސްޕިޓަލިޓީ ކުންފުނި އެކޯ އިން، ކްރޮސްރޯޑްސްގައި ހަދާ އެސްއޯ މޯލްޑިވްސް ރިސޯޓް މި އަހަރުގެ ނޮވެމްބަރު މަހުގައި ހުޅުވަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފްރާންސްގެ އެންމެ ބޮޑު ހޮސްޕިޓަލިޓީ ކުންފުނި އެކޯ އިން، ކްރޮސްރޯޑްސްގައި ހަދާ އެސްއޯ މޯލްޑިވްސް ރިސޯޓް މި އަހަރުގެ ނޮވެމްބަރު މަހުގައި ހުޅުވަން ނިންމައިފި އެވެ.

އެނބޫދޫ ފިނޮޅުގައި ހިންގާ ކްރޮސްރޯޑްސްގައި އެ ކުންފުނިން ރިސޯޓް ހަދަނީ "އެސް ހޮޓެލްސް" އާއި "ވާއި އިކޯ ވޯލްޑް ޑިވެލޮޕާ" އާ ގުޅިގެންނެވެ. އެއީ 80 އެނދުގެ ރިސޯޓެކެވެ. އެއީ ކްރޮސްރޯޑުގައި ހުޅުވާ ތިން ވަނަ ރިސޯޓެވެ. ކްރޮސްރޯޑްސްގައި މި ވަގުތު ހިންގަނީ ހިލްޓަންގެ ސައި ލެގޫން އާއި ހާޑްރޮކް ބްރޭންޑްގެ ރިސޯޓެކެވެ.

އެ ރިސޯޓަށް 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ހެދި އެ ރިސޯޓުގައި އާއިލާތަކަށް ހާއްސަ ވިލާ އާއި ތިން ކޮޓަރީގެ ވިލާތައް ވެސް ހިމެނެ އެވެ.

ކްރޮސްރޯޑުގައި ތަރައްގީ ކުރި ބައެއް ރަށްތައް. އެސްއޯ މޯލްޑިވްސް ވާނީ ކްރޮސްރޯޑުގައި ހުޅުވާ ތިން ވަނަ ރިސޯޓަށް-- ފޮޓޯ: ކްރޮސްރޯޑްސް

ކްރޮސްރޯޑުގައި ތަރައްގީ ކުރި ބައެއް ރަށްތައް. އެސްއޯ މޯލްޑިވްސް ވާނީ ކްރޮސްރޯޑުގައި ހުޅުވާ ތިން ވަނަ ރިސޯޓަށް-- ފޮޓޯ: ކްރޮސްރޯޑްސް

އެކޯ އަކީ ޔޫރަޕްގެ ވެސް އެންމެ ބޮޑު ހޮސްޕިޓަލިޓީ ކުންފުންޏެވެ. ހޮޓެލް އިންޑަސްޓްރީގައި ދުނިޔޭގެ ހަ ވަނަ އަށް އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން މިހާރު ވެސް 110 ގައުމެއްގައި ރިސޯޓާއި ހޮޓާ އަދި 5،100 ތަނެއްގައި ހޮޓާތައް ހިންގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި އެންމެ 15 މިނިޓުން ދެވޭ މި ރިސޯޓު ހަދަނީ ބާޖީޗާތައް ހިމެނޭ ގޮތަށް، ދިވެހި ވަންތަ ސިފަތަކާ އެކު އެވެ. މިއީ އެކޯ އިން ރާއްޖޭގައި ހަދާ ފަސް ވަނަ ރިސޯޓެވެ. މީގެ ކުރިން ޕުލްމަން އާއި މުވެންޕިލް އާއި ރަފްލްސްގެ އިތުރުން ފެއާމޮންޓް ބްރޭންޑްގެ ދަށުން ރިސޯޓުތައް ހުޅުވާފައިވެ އެވެ.