ގައުމީ އެއާލައިން، މޯލްޑިވިއަން އިން ފުރަތަމަ ފަހަރަށް އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފި އެވެ.
16 އޯގަސްޓް 2023
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ފުރަތަމަ ފަހަރަށް އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ، އޮކްޓޫބަރު މަހުގެ 30 އިން ފެށިގެން ބެންގަލޫރަށް ދަތުރުތައް ކުރާނެ ކަމަށެވެ. ބެންގަލޫރަކީ ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ދަތުރުކުރާ މަންޒިލެކެވެ.
މޯލްޑިވިއަން އިން ކޮންމެ ހަފްތާއެއްގެ ހޯމަ އާއި ބުރާސްފަތީގައި ބެންގަލޫރަށް ދަތުރުތައް ކުރާނެ އެވެ. އެ އެއާލައިނުން ބުނީ، ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމީ އެ އެއާލައިންގެ އިންޓަނޭޝަނަލް ރޫޓުތައް އިތުރުކޮށް އާންމުންނަށް އިތުރަށް ފަސޭހަކޮށްދިނުމަށެވެ.
މިއަދުން ފެށިގެން އެ އެއާލައިނުން ބެންގަލޫރަށް ދާން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ގަނެވޭނެ އެވެ.
މޯލްޑިވިއަން އިން މިހާރު ދަތުރުކުރަނީ އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންއަށެވެ. މޯލްޑިވިއަން އިން 2021 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ދިއްލީއަށް ވެސް މޯލްޑިވިއަން އިން ދަތުރު ކުރި އެވެ. އިންޑިއާގެ އިތުރުން މޯލްޑިވިއަން އިން މިވަގުތު ދަތުރު ކުރަނީ ބަންގްލަދޭޝްގެ ޑާކާއަށެވެ.
މޯލްޑިވިއަން އިން ރާއްޖެ އިން ބޭރުގެ ގައުމުތަކަށް ދަތުރުކުރަން މިވަގުތު ގެންގުޅެނީ އެއާބަސް އޭ 320 ބޯޓެވެ. އިތުރު އެއާބަސް ބޯޓެއް ހޯދުމަށް ގައުމީ އެއާލައިނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މޯލްޑިވިއަންގެ އާ ބޯޓު ޗައިނާގެ ޗެންގްޑޫއަށް ފުރައިފި
މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުގެ ޓިކެޓް ވިއްކަނީ
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި
ބަންގްލަދޭޝްގެ ހަމަނުޖެހުންތަކާ ހެދި ދަތުރުތައް ކެންސަލް
ޓެކްނިކަލް މައްސަލައަކާ ހެދި ޑާކާ ދަތުރު ކެންސަލް!
މޯލްޑިވިއަން އިން ކޮލަންބޯއަށް ސީދާ ދަތުރުތައް ފަށައިފި
މޯލްޑިވިއަން އިން 250 ޖާގައިގެ މަތިންދާބޯޓެއް ހޯދަނީ
މޯލްޑިވިއަނުން އިއްތިހާދާ އެކު ހާއްސަ އެއްބަސްވުމެއް
މޯލްޑިވިއަން އާއި އެމިރޭޓްސްގެ އެއްބަސްވުން އާކޮށްފި