02 ފެބުރުއަރީ 2017
ލަންޑަން (ފެބްރުއަރީ 2) - ޗެލްސީ އާއި އިންގްލެންޑުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް 21 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
ލަންޑަން (ފެބްރުއަރީ 2) - ޗެލްސީ އާއި އިންގްލެންޑުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް 21 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
ވެސްޓް ހޭމް ޔުނައިޓެޑުން ފުޓްބޯޅަ ކެރިއަރު ފެށި ނަމަވެސް 2001 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވެ ލަމްޕާޑް ފާހަގަވެގެންދިޔައީ ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
ލަމްޕާޑްގެ ކެރިއަރުގެ ހާއްސަ ކާމިޔާބީތައް ވެސް ގުޅިފައިވަނީ ޗެލްސީއާ އެވެ. ލަމްޕާޑް ވަނީ ޗެލްސީއާ އެކު 11 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ވެސް ހިމެނެ އެވެ. އަދި އޭނާ އަކީ ޗެލްސީގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ އެވެ.
"އެކާވީސް އަހަރު ވަންދެން އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅުމަށް ފަހު އަހަރެން ރިޓަޔާކުރަން ނިންމައިފިން. މިއީ އަހަރެން ގަބޫލުކުރާގޮތުގައި އެކަން ކުރަން އެންމެ ރަނގަޅު ވަގުތު. ކެރިއަރުގައި އަހަރެންނަށް އެހީތެރިވި ހުރިހާ އެންމެނަށް ޝުކުރުއަދާކުރަން،" އުމުރުން 38 އަހަރުގެ ލަމްޕާޑް ބުންޏެވެ.
"އަހަންނަށް ވަރަށް ގިނަ ހުށަހެޅުންތައް ލިބިފައި އެބަހުރި. އެކަމަކު މި ހާލަތަށް ބަލާއިރު އަހަރެން ބޭނުމީ ކުޅުން ހުއްޓާލަން."
ލަމްޕާޑް ވަނީ އިންގްލެންޑަށް 106 މެޗު ކުޅެދީފަ އެވެ. އަދި އޭނާ ވަނީ ބައެއް މެޗުތަކެއްގައި އިންގްލެންޑުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ކުޅެފަ އެވެ.
އިންގްލެންޑުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް.-- ފޮޓޯ: އޭއެފްޕީ
"ކެރިއަރުގައި ދެން އަހަރެންނަށް އެންމެ ފާހަގަކުރާ ކަމަކީ ގައުމީ ޓީމަށް 100 އަށް ވުރެން ގިނަ މެޗު ކުޅެވުން އަހަރެން ދެކޭ ގޮތުގައި މިއީ އަހަންނަށް ވަރަށް ލިބުނު ހާއްސަ ޝަރަފެއް،" ލަމްޕާޑް ބުންޏެވެ.
ލަމްޕާޑް ވަނީ 2005 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނުއިރު ދުނިޔޭގެ ދެ ވަނަ ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
ޗެލްސީ އަށް 14 އަހަރު ކުޅެދިނުމަށް ފަހު 2014 ވަނަ އަހަރު ލަމްޕާޑް އެ ކްލަބް ދޫކޮށްލުމަށް ފަހު އެމެރިކާގެ ނިއު ޔޯކް ސިޓީ އަށް ބަދަލުވި އެވެ. އެހެން ނަމަވެސް ލޯން އެއްބަސްވުމެއްގެ ދަށުން އޭނާ ދެން ފެނުނީ ޗެލްސީގެ ވާދަވެރި މެންޗެސްޓާ ސިޓީންނެވެ.
ސިޓީ އަށް ކުޅެމުން ލަމްޕާޑް ވަނީ ޗެލްސީ ކޮޅަށް ލަނޑު ޖަހައިފަ އެވެ. ދާދި ފަހުން ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ލަމްޕާޑް ބުނީ އެއީ އޭނާގެ ކެރިއަރުގައި ހާއްސަ ވަގުތުކޮޅެއް ކަމަށެވެ. ސިޓީ އަށް އެ ލަނޑަކީ މުހިއްމު ލަނޑެއް ނަމަވެސް ލަމްޕާޑް އެ ލަނޑު ޖެހުމަށް ފަހު އުފާފާޅު ނުކުރެ އެވެ.
އެ އިންޓަވިއުގައި ލަމްޕާޑް ދެން ބުނީ ކުޅުން ހުއްޓާލުމަށް ފަހު ފުޓްބޯޅައިން ދުރަށްދާން ބޭނުންނުވާ ކަމަށާއި ކޯޗެއްގެ ގޮތުގައި ނޫނީ ޓެކްނިކަލް ބައިން ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ލަމްޕާޑާ އެކު ޗެލްސީން ފުރަތަމަ ފަހަރަށް ހަމަނޭވާއެއް
ޗެލްސީ ބަލިކޮށް އާސެނަލް އަށް ވަގުތީ ހިތްހަމަޖެހުމެއް
ލަމްޕާޑާ އެކު ޗެލްސީ ވިދިވިދިގެން ފަސް މެޗުން ބަލި
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
ކުއާޓާގެ ކުރިން އަންޗެލޮޓީގެ ތައުރީފް ލަމްޕާޑަށް
ލަމްޕާޑާ އެކު ޗެލްސީ އަށް ގޯސް ފެށުމެއް
ސީޒަން ނިމެންދެން ޗެލްސީގެ ކޯޗަކަށް ލަމްޕާޑް
ސޮން އާއި ޗިލްވެލް އަށް ވެސް ވޯލްޑް ކަޕް ގެއްލިދާނެ
ޖޭމްސް އަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ
ޖޭމްސް އާއި ކާންޓޭ އަށް ވޯލްޑް ކަޕް ގެއްލިދާނެ