Roadha Mihaaru
ޕާޓީން އަޅުގަނޑު ނޫން ކެންޑިޑޭޓެއް ނުނެރޭނެ: ނަޝީދު

އަޅުގަނޑަށް ވާދަނުކުރެވޭ ނަމަ އެމްޑީޕީން ކެންޑިޑޭޓަކު ނުނިކުންނާނެ: ނަޝީދު

03 ފެބުރުއަރީ 2017

އެމްޑީޕީގެ އާއްމު މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ މައްސަލަ އެވެ؛ މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭން، ސްރީ ލަންކާގައި މިވަނީ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. ޕާޓީގެ އެކި ގުނަންތަކާއި ގައުމީ މަޖިލީހުގައި މަޝްވަރާކުރީ، 2018 ގެ އިންތިހާބުގައި ވާދަކުރުމަށް ރައީސް މުހައްމަދު ނަޝީދަށް ޕާޓީން ޓިކެޓް ލިބި އެކަމަކު އިންތިހާބުގައި ވާދަނުކުރެއްވޭ ނަމަ އެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކު ނުނެރުމަށެވެ.

އެމްޑީޕީގެ އާއްމު މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ މައްސަލަ އެވެ؛ މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭން، ސްރީ ލަންކާގައި މިވަނީ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. ޕާޓީގެ އެކި ގުނަންތަކާއި ގައުމީ މަޖިލީހުގައި މަޝްވަރާކުރީ، 2018 ގެ އިންތިހާބުގައި ވާދަކުރުމަށް ރައީސް މުހައްމަދު ނަޝީދަށް ޕާޓީން ޓިކެޓް ލިބި އެކަމަކު އިންތިހާބުގައި ވާދަނުކުރެއްވޭ ނަމަ އެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކު ނުނެރުމަށެވެ.

އެމްޑީޕީގެ ވިސްނުމަކީ އިދިކޮޅު އިއްތިހާދުން އެ ޕާޓީގެ އުސޫލްތައް ގަބޫލުކުރެވޭވަރުގެ ކެންޑިޑޭޓަކު ނެރެފި ނަމަ އެ ބޭފުޅަކަށް ތާއީދުކުރުމަށެވެ. މި ނިންމުމާ އެކު ޕާޓީގެ ކުރިމަގަށް މުހިއްމު ގިނަ ކަންކަމާ ވަނީ މަޝްވަރާކޮށްފަ އެވެ. މިއީ، އެ ބައްދަލުވުންތަކާއި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން "މިހާރު" އަށް ނަޝީދު ދެއްވި ހާއްސަ އިންޓަވިއުގެ މުހިއްމު ބައިތަކެވެ.

ޖަލު ހުކުމުގެ ފަހުން، ފުރަތަމަ ފަަހަރަށް އެމްޑީޕީގެ އިސް ފަރާތްތަކާ އެކު މަނިކުފާނު މިވަނީ ބައްދަލުވުންތަކެއް ބާއްވަވާފައި. މި ބައްދަލުވުންތަކުން މައިގަނޑު ގޮތެއްގައި ނިންމީ ކޮން ކަންތައްތަކެއްތޯ؟

މަޝްވަރާތަކުން އަޅުގަނޑުމެންނަށް ފެނުނީ ޕާޓީގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް. އެއީ، ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ހުޅުވާލެވިފައި އޮންނަ ޕްރައިމަރީއެއް. އެ ޕްރައިމަރީގައި އަޅުގަނޑު ވެސް ވާދަކުރާނަން

ރިޔާސީ ޕްރައިމަރީ އޮންނާނީ ކޮންއިރަކުތޯ؟

އެކަން ނިންމާނީ، ގައުމީ މަޖިލީހުން. އަޅުގަނޑު ހަނދާންވާ ގޮތުން 2008ގެ ރިޔާސީ ޕްރައިމަރީ އޮތީ އެޕްރީލް މަހު. ދެހާސްތޭރައިގެ ރިޔާސީ ޕްރައިމަރީ އޮތް ތަންކޮޅެއް ކުރީގައި. މި ކަންކަމަށް ބަލާފައި ޕްރައިމަރީގެ ތާރީހު ކަނޑައަޅާނެ.

ވަރަށް އަވަސް އަދި އަޅުގަނޑުގެ ކެންްޑިޑެސީ ނެތް ކަމަށް ނިންމަން. އެކަން ނިންމާނީ 2018 ގެ އޮގަސްޓު މަހު. --ނަޝީދު

އެ ޕްރައިމަރީން މޮޅުވާ ކެންޑިޑޭޓަކީ އިލެކްޝަންސް ކޮމިޝަނުން ދެކޭ ގޮތުގައި ސައްހަ ނޫން ކެންޑިޑޭޓެއް ކަމަށް ވަންޏާ ދެން އެމްޑީޕީ އަށް އޮންނާނީ ދެ ގޮތެއް. އެއްގޮތަކީ އިންތިހާބުގައި ބައިވެރި ނުވުން، އަނެއް ގޮތަކީ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރުން.

މި ދެގޮތުން ކުރެ އެމްޑީޕީ ދާނީ އެހެން ކެންޑިޑޭޓެއްގެ ފަހަތަށް. ޕާޓީގެ ކެންޑިޑޭޓެއް ނުނެރޭނެ. އަދި އިންތިހާބު ބޮއިކޮޓެއް ވެސް ނުކުރާނެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ: މިއީ 2015 ގައި އެމަނިކުފާނު ޖަލަށް ހުކުމް އިއްވިފަހުން، ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރު. --ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ: މިއީ 2015 ގައި އެމަނިކުފާނު ޖަލަށް ހުކުމް އިއްވިފަހުން، ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރު. --ފޮޓޯ: އެމްޑީޕީ

ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިއިރު، ރާއްޖޭގެ ގާނޫނުތައް މިހާރު ހުރި ގޮތުން މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ގާނޫނީ ފުރުސަތެއް ނެތް. އެ ހާލަތުގައި ވެސް ޕްރައިމަރީ އަށް ކުރިމަތިލައްވައި އާއްމު މެމްބަރުންނަށް ކީއްވެތޯ ހާސިލްނުވާނެ އުއްމީދެއް ތި ދެއްވަނީ؟

އެމްޑީޕީގެ އާއްމު މެމްބަރުންނަކީ ވަރަށް ތަންދޮރުފިލާފައި ތިބި ބައެއް. ކާކަށްތޯ އޮޅިފައި އޮންނާނީ؟ އާއްމު މެމްބަރުންނަށް ވަރަށް ސާފުވާނެ އަޅުގަނޑުގެ ހާލަތު ނުވަތަ ކަންތައްތައް މެދުވެރިވެފައި ހުރި ގޮތް. ފުރަތަމަ ކަމަކަށް އާއްމު މެމްބަރުންގެ އަތްމަތީގައި އެބައޮތް މީގައި ސީދާ ގޮތް ކަނޑައެޅުމުގެ.

އަޅުގަނޑުމެން ބޭނުންކުރަން މިއުޅޭ ހިކުމަތްތޯ ރަނގަޅީ ނުވަތަ އާއްމު މެމްބަރުން އެހެން ވިސްނުމެއް ގެންގުޅެނީތޯ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވެސް އަޅުގަނޑުމެންގެ ހިކުމަތެއް އޮވެގެން. މި މަސައްކަތް ގެންދަންވީ ދިމާލެއް އަޅުގަނޑުމެންނަށް ފާހަގަވެގެން.

ވަރަށް އަވަސް އަދި އަޅުގަނޑުގެ ކެންްޑިޑެސީ ނެތް ކަމަށް ނިންމަން. އެކަން ނިންމާނީ 2018 ގެ އޮގަސްޓު މަހު.

ކުރީގެ ރައީސް ނަޝީދު (ކ-2) އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ ލަންކާގައި ބައްދަލުކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް ނަޝީދު (ކ-2) އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ ލަންކާގައި ބައްދަލުކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ

އިންތިހާބުގައި ވާދަކުރެއްވޭނެ ކަމުގެ ކޮން ޔަގީންކަމެއްތޯ ނަޝީދަށް އޮތީ؟

ތަޖުރިބާއަށް ބަލާއިރު، ކުރިން ވެފައި ހުރި ގޮތަަށް ބަލާއިރު އަޅުގަނޑަށް ގަބޫލުކުރެވެނީ ވާދަކުރެވޭނެ ކަމަށް. އަޅުގަނޑަށް ލަފައެއް ނުކުރެވޭ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން ވަކި މީހަކު ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅީމާ، އެ ކެންޑިޑޭޓު ނުލައި ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބާއްވައިގެން ކުރިއަށް ގެންދެވޭނެ ކަމަށް، އެއީ ދެން ސައްހަ އިންތިހާބަކަށް ވުމާ ދޭތެރޭގައި ވެސް ޝައްކު. އެތައް ގައުމެއްގައި އެބައުޅޭ ދެއްތޯ އެގޮތަށް އިންތިހާބު ބާއްވައިގެން އެތައް ތާއްޓެއް ވެގެން. އެހެންވީމާ އެކަހަލަ ހުރިހާ ކަމަކަށް އަޅުގަނޑުމެން ވިސްނައި ބަލާއިރު ލަފައެއް ނުކުރެވޭ އެހެން އެކަން ވާނެ ކަމަކަށް.

އެހެންވެ އަޅުގަނޑުމެންގެ ރީޓްރީޓްގައި ނިމުނު އެއް ކަމަކީ އެމްޑީޕީ އެހެން ކެންޑިޑޭޓަކު ނެރޭނީކީއެއް ނޫނޭ. އެހެން ކެންޑިޑޭޓަކަށް ޕާޓީން ތާއީދުކުރާނީއޭ.

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮވެ އެމްޑީޕީން ކެންޑިޑޭޓަކު ނުނެރުން އެއީ އާއްމު މެމްބަރުން ގަބޫލުކުރާނެ ކަމެއްތޯ؟

ބައްދަލުވުންތަކުގައި ހުރިހާ ބޭފުޅުންނަށް ވެސް ފާހަގަވީ އެއީ، އެންމެ ރަނގަޅު ގޮތް ކަމަށް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުގެ ކެންޑިޑެސީ ނުލިބޭ ހާލަތުގައި އޭގެ މާނައަކީ އިންސާފުވެރި އިންތިހާބެއް ހޯދަން ވަރަށް ދަތި ހާލަތެއްގައޭ ރާއްޖޭގެ ސިޔާސީ ހާލަތު އެ އޮތީ. އެހެންވީމާ އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެންމެ ބުއްދިވެރި ގޮތަކީ ހުރިހާ ބޭފުޅުންނަށް ވެސް ފެނުނު ގޮތުގައި އަޅުގަނޑުމެން އެމްޑީޕީގެ ކެންޑިޑޭޓަކު ނުނެރުން.

އެމްޑީޕީގެ އުސޫލްތަކާއި އަދި އެމްޑީޕީ އަށް ސަރުކާރު ހިންގުމުގައި ބައިވެރިވެވޭނެ ގޮތްތަކާއި އެކަންކަމަށް ބަލާފައި އެންމެ އެކަށީގެންވާ ކެންޑިޑޭޓަކަށް އެމްޑީޕީން ތާއީދު ދިނުމުގެ ވިސްނުމެއް ގިނަ މެމްބަރުން ގެންގުޅުއްވީ.

ތިގޮތަށް ނިންމެވިއިރު މަނިކުފާނު ނޫން، އިންތިހާބުގައި ވާދަކުރެއްވޭވަރުގެ އެހެން ބޭފުޅަކު އެމްޑީޕީގައި ނެތީތޯ؟

އަޅުގަނޑުމެންގެ ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވަންވީ ހުރިހާ ބޭފުޅުން ވެސް. އަޅުގަނޑުމެން ދެކޭ ގޮތުގައި އެމްޑީޕީން ބޭނުންވާ ކެންޑިޑޭޓު ބައިވެރި ނުކުރެވި އިލެކްޝަންސް ކޮމިޝަން ބޭނުންވާ ކެންޑިޑޭޓް، ޔާމީން ބޭނުންވާ ބޭފުޅަކު އެއީ އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ނެރެގެން މި އިންތިހާބަށްދާކަށް އަޅުގަނޑަކަށް ހިއެއް ނުވޭ އެމްޑީޕީގެ މެމްބަރުންނަކީ އެހާ މޮޔަބައެއްހެނެއް. ވަރަށް ވިސްނޭ ބައެއް ތޫނުފިލި ބައެއް އެމްޑީޕީގެ މެމްބަރުންނަކީ. އެމްޑީޕީގެ މެމްބަރުން މިކަން ކުރާނީ ނިކަން ބުއްދިވެރިކަމާ އެކުގައި.

މަނިކުފާނުގެ އިތުރުން ވެސް އިދިކޮޅު ގިނަ ލީޑަރުންތަކެއް ތިއްބެވީ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތުގައި، އެމްޑީޕީން ގަބޫލުކުރާނެ އިދިކޮޅު ކެންޑިޑޭޓަކީ ކޮބައިތޯ؟

އެއީ އެމްޑީޕީން ގަބޫލުކުރާ އުސޫލްތަކާއި އެމްޑީޕީން ދެކޭނެ ގޮތްތައް ކުރިއަރުވާނެ ބޭފުޅެއް. އެފަދަ ވަގުތެއްގައި ބަރޯސާވެވޭނީ އެފަދަ ބޭފުޅަކަށް. އަޅުގަނޑުމެންގެ އެންމެ މުހިއްމު ފޯކަސްއަކީ އެބޭފުޅުން [އިދިކޮޅު ފަރާތްތަކުން] ވާދަކުރަން ބޭނުންވާ ރިޔާސީ ކެންޑިޑޭޓް ވެސް އިންތިހާބުގައި ބައިވެރިކުރުމޭ. އެކަމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން.

ނަޝީދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އެމްޑީޕީގެ ޓިކެޓް ކަށަވަރުކުރާނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައިގެން ކަމަށް ވިދާޅުވި.

ނަޝީދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އެމްޑީޕީގެ ޓިކެޓް ކަށަވަރުކުރާނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައިގެން ކަމަށް ވިދާޅުވި.

އެކި ފިކުރުތަކުގެ ބޭފުޅުން އެއްވެ އިއްތިހާދުވެފައިވާއިރު، އިދިކޮޅުން ނެރޭ ކެންޑިޑޭޓަށް އެމްޑީޕީގެ އާއްމު މެމްބަރުންގެ ފުރިހަމަ ތާއީދު ލިބިދާނެތޯ؟

ފުރަތަމަ ކަމަކަށް ރައީސް ޔާމީން ވެރިކަމުން ދުރުކުރުން އެއީ އަޅުގަނޑުމެން ކޮންމެހެން ކުރަން ބޭނުންވާ ކަމެއް. އެއީ ދިވެހިރާއްޖެ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެންވީމާ އެކަމަށްޓަަކައި އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީގެ މެމްބަރުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ.

ދެން އަންނާނެ ވެރިއެއްގެ ގޮތް އެއީ އަދި އަޅުގަނޑުމެންނަށް ނޭނގޭ އެއްޗެއް. އެކަމަކު މިވަމުންދާ ގޮތް ވަރަށް ސާފުވޭ. އެހެންވީމަ އޭގެއިން ސަލާމަތްވާން އެމްޑީޕީގެ 105،000 ސަޕޯޓަރުން އަޅުގަނޑުމެން ނިންމާ ނިންމުމާ އެއްގޮތަށް ކުރިއަށް ދާނެއޭ.

އިދިކޮޅު ކެންޑިޑޭޓުންގެ ގޮތުގައި ނިކުންނަ ބޭފުޅުންނަށް ބަލައި އެމްޑީޕީން ނިންމާނީ ކޮން ބޭފުޅަކަށްތޯ ތާއީދުކުރާނީ؟

އެއް ކެންޑިޑޭޓަކު ނެރެގެން ރައީސް ޔާމީން ބަލިކުރެވޭނެ ހަމަތަކެއް އަޅުގަނޑުމެންނަށް ފެނޭ. އެ ހަމަތަކުގެ ތެރެއިން ރައީސް ޔާމީން ބަލިކުރެވޭނެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ އިތުރުން ޕާޓީ އިތުރަށް ހަރުދަނާ ކުރަން ގެންގުޅޭ ވިސްނުންތަކާއި އިދިކޮޅު އިއްތިހާދާ ގުޅޭ ގޮތުން ވެސް ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ. އެ ބައިތައް މާދަމާ ގެނެސްދެވޭނެ އެވެ.