Roadha Mihaaru
ދަރުމެންދުރަ ބޭސްފަރުވާއަށް އެމެރިކާއަށް ހިނގައްޖެ

ދަރުމެންދުރަ ބޭސްފަރުވާއަށް އެމެރިކާއަށް ހިނގައްޖެ

13 ސެޕްޓެމްބަރ 2023

ބޮލީވުޑްގެ އެކްޓަރު، ދަރުމެންދުރަ ބޭސްފަރުވާއަށް އެމެރިކާއަށް ހިނގައްޖެ އެވެ.

ބޮލީވުޑްގެ އެކްޓަރު، ދަރުމެންދުރަ ބޭސްފަރުވާއަށް އެމެރިކާއަށް ހިނގައްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އުމުރުން ދުވަސްވުމުގެ ސަބަބުން ދަރުމެންދުރަ މިހާރު އުޅެނީ ވަރަށް ބަލިކޮށެވެ. ދަރުމެންދުރައަށް މިހާރު އުމުރުން 87 އަހަރު ވެއްޖެ އެވެ.

އޭނާ ބޭސްފަރުވާއަށް އެމެރިކާއަށް ގެންދަން ނިންމީ، ދޮށީ ދަރިފުޅު ސަނީ ޑިއޯލެވެ. އޭނާއާ އެކު ސަނީ ވެސް އެމެރިކާއަށް ދިޔަ ކަމަށް ރިޕޯޓްތައް ބުންޏެވެ.

"މުސްކުޅި ބަލީގައި ދިމާވާ އެކި ކަންކަމަށް ފަރުވާކުރަން އޭނާ ގެންދިޔައީ. އެކަމަކު މާ ބޮޑަށް ހާސްވާ ވަރުގެ ކަމެއް އަދި ނެތް،" އެ އާއިލާއާ ގާތް މީހަކު ނޫސްތަކަށް ބުންޏެވެ.

އެ ދެބަފައިން އެމެރިކާގައި 15-20 ދުވަހު މަޑުކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ދަރުމެންދުރަ އާއި ސަނީގެ ފިލްމެއް ވެސް މިފަހުން ނުކުތެވެ. އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ. ދަރުމެންދުރަ އުޅުނީ ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގަ އެވެ. އަދި ސަނީ އުޅުނީ "ގަދަރު 2" ގަ އެވެ.