Roadha Mihaaru
ސަނީގެ ދަރިފުޅު ދެވަނަ ފިލްމުގެ މަސައްކަތުގައި

ސަނީގެ ދަރިފުޅު ދެވަނަ ފިލްމުގެ މަސައްކަތުގައި

04 އޯގަސްޓް 2021

މީގެ ދެ އަހަރު ކުރިން ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ޑިއޯލް ކުޅޭ ދެވަނަ ފިލްމުގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދެ އަހަރު ކުރިން ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ޑިއޯލް ކުޅޭ ދެވަނަ ފިލްމުގެ މަސައްކަތް ފަށައިފި އެވެ.

މި ވަގުތު ނިއު ދިއްލީގައި މަންޒަރުތައް ނަގަމުން އަންނަ މި ފިލްމުގައި ކަރަންއާ އެކު، އޭނާގެ އާއިލާ އަށް ނިސްބަތްވާ އެކްޓަރު އަބޭ ޑިއޯލް ވެސް މުހިއްމު ރޯލެއް ކުޅެ އެވެ. އޭނާ އަކީ ސަނީ އާއި ބޮބީ ޑިއޯލްގެ ކަޒިންއެކެވެ.

އަބޭއާ އެކު ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރްމާގައި ޕޯސްޓްކޮށް ކަރަން ބުނީ އަބޭ އަކީ އަބަދު ވެސް އިންސްޕިރޭޝަނެއް ކަމަށާއި އޭނާއާ އެކީ މަސައްކަތްކުރަން ލިބުނު ތަޖުރިބާ އަބަދު ވެސް ހަނދާނުގައި ބަހައްޓާނެ ކަމަށެވެ.

މީޑިއާތަކުން ބުނީ ކަރަން އާއި އަބޭ އެކީގައި ކުޅޭ ފިލްމަކީ 2019 ގެ ތެލެގޫ ކްރައިމް ކޮމެޑީ "ބްރޮޗެވަރެވަރުރާ" ގެ ރިމޭކް ކަމަށެވެ. މިއީ އެކްޓަރު އަޖޭ ދޭވްގަން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ނަމަވެސް ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް އަދި ހާމައެއްނުކުރެ އެވެ. "ބްރޮޗެވަރެވަރުރާ" އަކީ ވިވެކް އަތުރެޔާ ޑައިރެކްޓްކުރި ފިލްމެކެވެ. މީގެ ކާސްޓުންނަކީ ސްރީ ވިޝްނޫ، ނިވެތާ ތޯމަސް އަދި ނިވެތާ ޕެތޫރާޖް އެވެ.

"ބްރޮޗެވަރެވަރުރާ" ގެ ހިންދީ ރިމެކަކީ ބައްޕަ ސަނީ ޑައިރެކްޓްކުރި "ޕަލް ޕަލް ދިލް ކޭ ޕާސް" އަށް ފަހު، ކަރަން ކުޅޭ ދެވަނަ ފިލްމެވެ. އޭނާ އަކީ ސަނީ ދެ ފިރިހެން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ކަރަން، 30، ގެ ކުރިއަށް އޮތް އެންމެ ހާއްސަ ފިލްމަކީ ކާފަ ދަރްމެންދުރާ އާއި ބައްޕަ އާއި ބޮޑުބޭބެ ބޮބީއާ އެކު ކުޅެން ހަމަޖެހިފައިވާ "އަޕްނޭ 2" އެވެ.

ސަނީގެ ހަގި ދަރިފުޅު ރަޖްވީރު ޑިއޯލް ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ނުކުންނާނެ އެވެ. އޭނާ ތައާރަފުކުރާ މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނިޝް ބަރްޖަތިއާގެ އަލަތު ޑައިރެކްޝަނުންނެވެ.