Roadha Mihaaru
ދަރޭގެ "އަޕްނޭ 2" މި އަހަރަކު ނޫން

ދަރޭގެ "އަޕްނޭ 2" މި އަހަރަކު ނޫން

18 އެޕްރީލް 2021

މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނާނެ ކަމަށް ބުނެ މިދިޔަ އަހަރު އިއުލާންކުރި ކުރީގެ މަޝްހޫރު އެކްޓަރު ދަރްމެންދުރާ (ދަރޭ) އާއި އާއިލާގެ ފިރިހެން މެމްބަރުންގެ ފިލްމު "އަޕްނޭ 2" މި އަހަރު ނުގެނެސްދޭނެކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނާނެ ކަމަށް ބުނެ މިދިޔަ އަހަރު އިއުލާންކުރި ކުރީގެ މަޝްހޫރު އެކްޓަރު ދަރްމެންދުރާ (ދަރޭ) އާއި އާއިލާގެ ފިރިހެން މެމްބަރުންގެ ފިލްމު "އަޕްނޭ 2" މި އަހަރު ނުގެނެސްދޭނެކަން ކަށަވަރުކޮށް ދީފި އެވެ.

ފިލްމުގެ ޑައިރެކްޓަރު އަނިލް ޝަރުމާ ބުނީ ކުރިން ރާވައިގެން ތިބީ މި މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ޕަންޖާބްގައި ފަށަން ކަމަށެވެ. ނަމަވެސް އަދިވެސް އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅު ނުވުމާއި މަހާރަޝްތުރާ ސްޓޭޓް ވެސް މި ވަގުތު ލޮކްޑައުންއެއްގައި އޮތުމުން މިހާރު ރާވާފައިވާ ގޮތުން ފިލްމުގެ ޝޫޓިން ފަށާނީ އިނގިރޭސިވިލާތުގައި ޖުލައި މަހުގެ ތެރޭގަ އެވެ.

"ސާޅީސް ފަސް ދުވަހުގެ ޝެޑިއުލްއެއް އެތަނުގައި ކުރިއަށް ގެންދެވޭނެ،" އޭނާ ބުންޏެވެ. "އޭގެ ފަހުން ދެން ޕަންޖާބާއި މުމްބާއީގައި މަންޒަރުތައް ނަގާނެ."

އަނިލް ބުނި ގޮތުގައި މި ދަނޑިވަޅުގައި ފިލްމުގެ މަސައްކަތް ނުފަށަން ނިންމީ ދަރޭ، 85، ގެ ސިއްހަތަށް ވެސް ވަރަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭތީ އެވެ.

"އަޕްނޭ 2" އަކީ ދަރޭ އާއި ދެ ފިރިހެން ދަރިން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލްއާ އެކު އަނިލް 2007 ގައި ގެނެސްދިން ސްޕޯޓްސް ޑްރާމާ "އަޕްނޭ" ގެ ސީކްއެލް އެވެ. މި ފަހަރު އެ މީހުންނާ އެކު ކާސްޓަށް އިތުރު ވަނީ ދަރޭގެ ކާފަ ދަރި ކަރަން ޑިއޯލް އެވެ. ސަނީގެ ދޮށީ ފިރިހެން ދަރިފުޅު ބޮލީވުޑަށް ނެރުނީ 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ.

މި އަހަރުގެ ނޮވެމްބަރުގައި ދިވާލީއާ ދިމާކޮށް "އަޕްނޭ 2" ގެނެސްދޭން ކުރިން ރޭވި ނަމަވެސް ފިލްމުގެ ޝޫޓިން ލަސްވެ، އަންނަ އަހަރަށް ފަސްކުރަން ޖެހުނު ނަމަވެސް ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި ފިލްމު އިއުލާންކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.