Roadha Mihaaru
ރަޖުނީކާންތުގެ އާ ފިލްމުގެ ރޯލެއް އަމީތާބު ކުޅެނީ

ރަޖުނީކާންތުގެ އާ ފިލްމުގެ ރޯލެއް އަމީތާބު ކުޅެނީ

05 އޮކްޓޯބަރ 2023

ރަޖްނީކާންތުގެ އާ ފިލްމު "ތަލައިވާރު 170"ގެ ރޯލެއް އަމީތާބު ބައްޗަން ކުޅެން ނިންމައިފި އެވެ.

ރަޖްނީކާންތުގެ އާ ފިލްމު "ތަލައިވާރު 170"ގެ ރޯލެއް އަމީތާބު ބައްޗަން ކުޅެން ނިންމައިފި އެވެ.

އެ ފިލްމުގެ ރޯލެއް އަމީތާބު ކުޅޭ ކަން ވަނީ "ތަލައިވާރު 170" ގެނެސްދޭ ޕްރޮޑަކްޝަން ހައުސްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އިއުލާންކޮށްފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ޝޫޓިންނަށް އަމީތާބު މިހާރު ވަނީ ކެރެލާއަށް ފުރައިފަ އެވެ. މިއީ އިންޑިއާގެ ދެ ސުޕަސްޓާރުން ކަމަށްވާ ރަޖްނީކާންތު އާއި އަމީތާބު އެކުގައި ކުޅޭ ހަވަނަ ފިލްމެވެ.

އެ ފިލްމުގައި ރަޖްނީކާންތު ފެންނާނެ ގޮތުގެ ފަސްޓް ލުކް ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

"ތަލައިވާރު 170"ގެ ކާސްޓަށް މިހާރު ވެސް ވަނީ މަޝްހޫރު ތަރިން ކަމަށްވާ ރަނާ ދަގުބަތީ އާއި ފާހަދު ފާސިލް އާއި ރިތިކާ ސިންހު ވެސް ނަގައިފަ އެވެ. އެ ފިލްމަކީ 2021 ވަނަ އަހަރު ގެނެސްދިން ދެކުނު އިންޑިއާ ސިނަމާގެ ކާމިޔާބު ފިލްމު "ޖައި ބީމް"ގެ ޑައިރެކްޓަރު ޓީޖޭ ޔަނަވެލްގެ ޑައިރެކްޝަނެކެވެ.

މި ފިލްމު ރިލީޒްކުރާ ތާރީހު އަދި އިއުލާން ނުކުރެ އެވެ.