Roadha Mihaaru
ލިލީގެ މައްޗަށް އަނެއްކާވެސް ދަރަނީގެ ހުކުމެއް

ލިލީގެ މައްޗަށް އަނެއްކާވެސް ދަރަނީގެ ހުކުމެއް

12 އޮކްޓޯބަރ 2023

އަމިއްލަ ކުންފުންޏަކަށް 650،000 އަށް ވުރެ ގިނަ ޑޮލަރު (10 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އަމިއްލަ ކުންފުންޏަކަށް 650،000 އަށް ވުރެ ގިނަ ޑޮލަރު (10 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެމްކޭޕީ ކެޕިޓަލް ކިޔާ ކުންފުންޏަކަށް 650،000 ޑޮލަރު ނުވަތަ އެއަށްވާ ދިވެހި ރުފިޔާ ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ހުކުމްކުރީ 1.1 މިލިއަން ޑޮލަރު ގަތުމުގެ މުއާމަލާތަކަށް ފަހު އޭގެ ތެރެއިން 650،000 ޑޮލަރަށްވާ ފައިސާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނިން ދައުވާ ކުރުމުންނެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވަނީ 650،000 ޑޮލަރު ނަގުދު ފައިސާއިން ދިން ކަމަށް ލިލީއިން ބުންޏަސް، އެކަން ސާބިތުކޮށް ނުދެވޭ ކަމަށާއި އެހެންވެ، އެ ފައިސާ ދޭންޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، މިއަދުން ފެށިގެން އެއް މަސް ތެރޭގައި އެ ފައިސާ ދައްކަން އަންގާ ކަމަށް ހުކުމުގައިވެ އެވެ.

އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 10.4 މިލިއަން ޑޮލަރާއި ވަކީލު ފީ ވެސް ނަގައިދޭން އެ ކުންފުނިން އެދުނެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ.

މީގެކުރިން އަމިއްލަ މީހަކަށް 600،000 ޑޮލަރު ދޭން ވެސް ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ.