ސަރުކާރުން ރައްޔިތުންނަށް ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭން ޖެހޭ އިރު، އިންތިހާބުތަކާ ދިމާކޮށް، ކުރާ ކަންތައްތައް "ނުފޫޒު" ފޯރުވުން ކަމުގައި ބަލާނެ މިންގަނޑެއް ކަނޑައަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
23 އޮކްޓޯބަރ 2023
ސަރުކާރުން ރައްޔިތުންނަށް ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭން ޖެހޭ އިރު، އިންތިހާބުތަކާ ދިމާކޮށް، ކުރާ ކަންތައްތައް "ނުފޫޒު" ފޯރުވުން ކަމުގައި ބަލާނެ މިންގަނޑެއް ކަނޑައަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުން ދިޔުން ހުއްޓުވުމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރަކުން އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ބަލާނެ މިންގަނޑަކީ އުފައްދަންޖެހޭ ސުވާލެއް ކަމަށެވެ.
"މިސާލަކަށް ސަރުކާރުން ތައުލީމީ ދާއިރާގެ 9،000 މުވައްޒަފުންގެ މުސާރަ ބޮޑު ކުރީމާ އެއީ އިންތިހާބަށް ނުފޫޒު ފޯރުވުންތޯ ނުވަތަ ނޫންތޯ ސުވާލު އުފެއްދި ދާނެ،" މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓްގެ ގޮތުގައި އޭރު ހުންނެވި އަސްލަމް ވިދާޅުވި އެވެ.
ހަމަ އެ ގޮތަށް، ދަރިވަރުންނަށް ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތާއި ސަތޭކަ އަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ގާއިމުކޮށް ދިނުމަކީ ސަރުކާރުން ފޯރުވާ ނުފޫޒެއްތޯ އަސްލަމް ސުވާލު ކުރެއްވި އެވެ.
ނިމުނު ރިޔާސީ އިންތިހާބުގައި އޮތް އެންމެ ބޮޑު ނުފޫޒަކީ، އޭނާ ވިދާޅުވި ގޮތުގައި ސަރުކާރާ މެދު އިދިކޮޅު ފަރާތްތަކުން ފެތުރި ދޮގާއި އުފެއްދި ވަހުމެވެ.
ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ ސާފު ބޯފެނަށް އަތޮޅު ތެރޭގެ ރައްޔިތުން ސަލާން ޖެހުން މި ސަރުކާރުން ނިމުމަކަށް ގެނައުމުން، އެކަމާ އިދިކޮޅު ފަރާތްތަކުން ހަސަދަވެރިވެ، އިންތިހާބީ ނުފޫޒުގެ ގޮތުގައި ދަރަޖަ ކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުން ބިލްތަކަށް ފައިސާ ނުދައްކާ ކަމުގެ ޝަކުވާތަކަށް ރައްދު ދެއްވައި ޝަހީމް ވިދާޅުވި ގޮތުގައި، ސަރުކާރުތައް ބަދަލުވާ އިރު، ބިލުތަކާއި ލޯނުތަކަށް ފައިސާ ދައްކައި ހަލާސް ކުރަންޖެހޭ ގޮތަކަށް ނޯވެ އެވެ.
"...ސަރުކާރެއް ބަދަލުވާ އިރުގައި، ހުރިއްޔާ ހުރި އެއްޗެއް ދައްކައި ހަލާސް ކުރަންޖެހޭ ކަމަށް ގާނޫނުގައި ލިޔެފިއްޔާ ކޮންމެ ސަރުކާރަކުން ވެސް އަމަލުކުރާނީ އެ އޮންނަ އުސޫލުން،" އޭނާ ވިދާޅުވި އެވެ.
ތިނަދޫ ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ސަނީފް ވެސް ވިދާޅުވީ ރާއްޖޭގެ ނިޒާމު އޮންނަ ގޮތުން އޭރަކު އޮންނަ ސަރުކާރަކުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ކަމަށް ބަލާނެ މިންގަނޑު އޮންނަނީ ވަރަށް އުނދަގޫ ގޮތަކަށް ކަމަށެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
ނޮވެމްބަރު 17 ގައި އާ ސަރުކާރުން ވެރިކަމާ ހަވާލުވެ، ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާތާ ހަތަރު މަސް ދުވަސް ފަހުން މަޖިލިސް އިންތިހާބު އޮންނާނެ ކަން ސަނީފް ފާހަގަކުރެއްވި އެވެ. އެއާ އެކު، ވެރިކަން ހިންގުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ހޯދަން މުއިއްޒަށް ވެސް ނުކުންނަންވަން މަޖުބޫރު ވާނެ ކަމަށް ވިދާޅުވި އެވެ.
"...އެއީ ނުފޫޒެއްތޯ ނޫނީ ނުފޫޒެއް ނޫންތޯ ކިހިނެއްތޯ އެ ކަން ކަނޑައަޅާނީ؟ އެއީ ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން އެއީ އެ ބޭފުޅާ ކުރައްވަންޖެހޭ ކަމެއް. އެކަމަކު އެ ވަގުތު އެ މަނިކުފާނު ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި،" ސަނީފް ވިދާޅުވި އެވެ.
ހުރިހާ ސަރުކާރުތަކުން ވެސް އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށާއި ނަމަވެސް އެ ކަމުން ބޭނުންވާ ނަތީޖާ ނުނިކުންނަ ކަން މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ އިން ސާފުވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
މަޖިލީހުގެ ދައުރު އަނެއްކާވެސް ދަންމާލައިފި
އެއްވެސް ކަމެއް ކުރާނީ ނަޝީދު ވަކިކޮށްފައި: އެމްޑީޕީ
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި
އަސްލަމްގެ ތުހުމަތު މަޖިލިހުގެ އިދާރާއިން ދޮގުކޮށްފި
އުޅުނީ އެމްޑީޕީ މެޖޯރިޓީ ގެއްލޭގޮތަށް ޖަލްސާ ބާއްވަން؟
ދާއިމީ ކޮމިޓީތައް އެކުލަވާލަން ދައުރު ދަންމަން އެދިއްޖެ
ނަޝީދަށް ސީދާ މެސެޖު ކުރިން، ހައްލު ނުވި: އަސްލަމް
"ނަޝީދު ވިދާޅުވިޔަސް ޖަލްސާ ބާއްވަން ހުރަހެއް ނެތް"
ޑެޑްލޮކް ފިލުވާލަން ބޮޑެތި އިސްލާހުތަކެއް ލައިފި!
އަމީން އާއްމުގެ ގަދަރު ކުޑަކުރާތީ ނަޝީދު ކަންބޮޑުވެއްޖެ