03 ނޮވެމްބަރ 2023
އެޗްބީއޯގެ އެންމެ ކާމިޔާބު ސީރީޒް "ގޭމް އޮފް ތުރޯންސް"ގެ ޕްރީކުއެލް ސީރީޒް "ހައުސް އޮފް ދަ ޑްރެގަން"ގެ ދެވަނަ ސީޒަން އަންނަ އަހަރު ޖޫން މަހުގައި ގެނެސްދޭން ނިންމައިފި އެވެ.
އެޗްބީއޯގެ އެންމެ ކާމިޔާބު ސީރީޒް "ގޭމް އޮފް ތުރޯންސް"ގެ ޕްރީކުއެލް ސީރީޒް "ހައުސް އޮފް ދަ ޑްރެގަން"ގެ ދެވަނަ ސީޒަން އަންނަ އަހަރު ޖޫން މަހުގައި ގެނެސްދޭން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ސީރީޒްގެ ޝޫޓިން ނިމި، ޕޯސްޓް ޕްރޮޑަކްޝަންގެ ވެސް ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. އެ ސީރީޒްގެ ދެވަނަ ސީޒަން އަންނަ އަހަރު ޖޫންގައި ގެނެސްދޭކަން އެޗްބީއޯ އިން އިއުލާންކުރީ ނިއުޔޯކުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދެވަނަ ސީޒަންގެ ފުރަތަމަ ޓީޒާ ޓްރެއިލާ ވެސް ނޫސްވެރިންނަށް ދައްކާލައިފަ އެވެ. ނަމަވެސް، އެއާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުކުރަން ނޫސްވެރިންނަށް އެޗްބީއޯ އިން ވަނީ މަނާކޮށްފަ އެވެ.
"ގޭމް އޮފް ތުރޯންސް"އާ އެއްގޮތަށް "ހައުސް އޮފް ދަ ޑްރެގަން" ވެސް ވަނީ ރެކޯޑުތަކެއް ހަދައިފަ އެވެ. އެ ސީރީޒްގެ ފުރަތަމަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރެވެ. ފުރަތަމަ ސީޒަނަށް އާންމުންގެ ފަރާތުން ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.
"ހައުސް އޮފް ދަ ޑްރެގަން"ގައި ދައްކަނީ "ގޭމް އޮފް ތުރޯންސް"ގައި ހިނގި ކަންތައްތަކުގެ 200 އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެވެ. ފުރަތަމަ ސީޒަންގައި އެ ސީރީޒްގެ ލީޑު ރޯލުތައް ކުޅުނީ މިލީ އެލްކޮކް އާއި މެޓް ސްމިތާއި އޮލިވިއާ ކުކް އަދި އެމާ ޑާސީ އެވެ.
"ގޭމް އޮފް ތުރޯންސް"ގެ އިތުރު ސްޕިން އޮފްއެއް
ހައުސް އޮފް ދަ ޑްރެގަންގެ ފަހު އެޕިސޯޑް ލީކުވެއްޖެ
"ހައުސް އޮފް ދަ ޑްރެގަން 2"ގެ ޓްރެއިލާ ނެރެފި
"ހައުސް އޮފް ދަ ޑްރެގަން"ގެ އާ ސީޒަންގެ ޓީޒާ ނެރެފި
ހަައުސް އޮފް ޑްރެގަންގެ އެޕިސޯޑަކަށް 20 މިލިއަން
އެމީ އެވޯޑްސް: "ތުރޯންސް" އަށް 32 ނޮމިނޭޝަން
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
"ދަ ވައިޓް ލޮޓަސް"ގެ އާ ސީޒަންގެ ޓީޒާއެއް
"ޑޫން: ޕްރޮފެސީ"ގެ ޓީޒާގައި ތާބޫ
"ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަނެއް