އެޗްބީއޯގެ އެންމެ ކާމިޔާބު ސީރީޒް "ގޭމް އޮފް ތުރޯންސް"ގެ ޕްރީކުއެލް ސީރީޒް "ހައުސް އޮފް ދަ ޑްރެގަން"ގެ ދެވަނަ ސީޒަންގެ ދެ ޓްރެއިލާއެއް ރޭ އާންމުކޮށްފި އެވެ.
އެޗްބީއޯގެ އެންމެ ކާމިޔާބު ސީރީޒް "ގޭމް އޮފް ތުރޯންސް"ގެ ޕްރީކުއެލް ސީރީޒް "ހައުސް އޮފް ދަ ޑްރެގަން"ގެ ދެވަނަ ސީޒަންގެ ދެ ޓްރެއިލާއެއް ރޭ އާންމުކޮށްފި އެވެ.
އެޗްބީއޯއިން ވަނީ މި ސީރީޒްގައި ފެންނަ މައިގަނޑު ދެ އާއިލާ ކަމަށްވާ ހައުސް ޓާގޭރިއަން (ބްލެކްސް) އާއި ހައުސް ހައިޓަވާ (ގްރީންސް) އަށް ހާއްސަ ވަކި ދެ ޓްރެއިލާއެއް އާންމުކޮށްފަ އެވެ. އާ ސީޒަންގެ ތަފާތު އެކި މަންޒަރުތައް ހިމަނާފައިވާ ކޮންމެ ޓްރެއިލާއެއްގެ ދިގުމިނަކީ ދެމިނެޓެވެ.
މިދިޔަ އަހަރު ޑިސެމްބަރުގައި އާ ސީޒަންގެ ކުރު ޓީޒާއެއް ވެސް ނެރެފައިވެ އެވެ.
މި ޓްރެއިލާތަކުން އެނގޭ ގޮތުގައި، އާ ސީޒަންގައި ވަރަށް ބޮޑު ހަނގުރާމައެއް ކުރާނެ އެވެ. ގޭމް އޮފް ތުރޯންސްގެ ވާހަކަ ފޮތްތަކުގައިވާ ގޮތުން އެއީ ޑްރެގަންސްތަކުގެ ވެރި، ޓާގޭރިއަން އާއިލާގެ ތެރޭގައި ތަހުތުގެ ބާރު ހޯދުމަށް ހިނގާ ދާހިލީ ހަނގުރާމައެކެވެ.
އާ ސީޒަންގެ އެޕިސޯޑުތައް އަންނަ ޖޫން މަހު 17 ވަނަ ދުވަހުން ފެށިގެން ގެނެސްދޭނެކަން އެޗްބީއޯ އިން ވަނީ އިއުލާންކޮށްފަ އެވެ. މި ސީޒަންގައި ވެސް އަށް އެޕިސޯޑު ގެނެސްދޭނެ އެވެ.
"ގޭމް އޮފް ތުރޯންސް"އާ އެއްގޮތަށް "ހައުސް އޮފް ދަ ޑްރެގަން" ވެސް ވަނީ ގިނަ ރިކޯޑުތަކެއް ހަދައިފަ އެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަން ގެނެސްދިނީ 2022 ވަނަ އަހަރު އެވެ. ފުރަތަމަ ސީޒަނަށް އާންމުންގެ ފަރާތުން ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.
"ހައުސް އޮފް ދަ ޑްރެގަން"ގައި ދައްކަނީ "ގޭމް އޮފް ތުރޯންސް"ގައި ހިނގި ކަންތައްތަކުގެ 200 އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެވެ. އާ ސީޒަންގެ ލީޑު ރޯލުތަކުން ފެންނާނީ ފުރަތަމަ ސީޒަންގައި ވެސް މުހިންމު ރޯލުތަކެއް ކުޅުނު މެޓް ސްމިތާއި އޮލިވިއާ ކުކް އަދި އެމާ ޑާސީ އެވެ.
"ގޭމް އޮފް ތުރޯންސް"ގެ އިތުރު ސްޕިން އޮފްއެއް
ހައުސް އޮފް ދަ ޑްރެގަންގެ ފަހު އެޕިސޯޑް ލީކުވެއްޖެ
"ހައުސް އޮފް ދަ ޑްރެގަން"ގެ އާ ސީޒަންގެ ޓީޒާ ނެރެފި
"ހައުސް އޮފް ދަ ޑްރެގަން"ގެ ދެވަނަ ސީޒަން ޖޫންގައި
ހަައުސް އޮފް ޑްރެގަންގެ އެޕިސޯޑަކަށް 20 މިލިއަން
އެމީ އެވޯޑްސް: "ތުރޯންސް" އަށް 32 ނޮމިނޭޝަން
"ޑޫން: ޕްރޮފެސީ"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
"ދަ ވައިޓް ލޮޓަސް"ގެ އާ ސީޒަންގެ ޓީޒާއެއް
"ޑޫން: ޕްރޮފެސީ"ގެ ޓީޒާގައި ތާބޫ