ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާތީ، މަޖިލީހުގެ ގަވައިދު މާނަކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާނީ ބަންޑާރަ ނައިބު ކަމަށް އެ އޮފީހުން ބުނެފި އެވެ.
05 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާތީ، މަޖިލީހުގެ ގަވައިދު މާނަކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާނީ ބަންޑާރަ ނައިބު ކަމަށް އެ އޮފީހުން ބުނެފި އެވެ.
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު "މިހާރު" އަށް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް އެޖެންޑާ ކުރުމުން، ބަންޑާރަ ނައިބު ވަނީ އެކަމާ ދެކޮޅަށް ގާނޫނީ ލަފާ ކުރިން ދެއްވައިފަ އެވެ. އަދި، އެ ލަފާގެ މަތިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހު މަޖިލީހަށް ވަޑައިވެސް ނުގަންނަވަ އެވެ.
މަޖިލީހާ ދެކޮޅަށް މީގެކުރިން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި ވެސް އެ މުއައްސަސާ ތަމްސީލްކޮށްފައިވަނީ ބަންޑާރަ ނައިބެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅީ އެމްޑީޕީންނެވެ. އެ ޕާޓީން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ އެއްވެސް މަސައްކަތެއް އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ކަނޑަނާޅައި ކުރިއަކަށް ނުގެންދެވޭނެ އެވެ. މިގޮތަށް ކަނޑައަޅައިދިނުމުގެ އިތުރުން މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާ މައްސަލަތަކުގައި ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް އޮތަސް ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި ގަވައިދުގައި އޮންނަ ގޮތަށް އެހެން މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ކަނޑައެޅުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހެޅި މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވުމަށް ފަހު މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އެހެން ހުރިހާ މަސައްކަތްތައް ހުއްޓާލުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިޔުމަށް މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ޖަލްސާތަކަށް ސަލާން ފޮނުއްވައިފަ އެވެ. މިއަދުގެ ޖަލްސާއަށް ވެސް އެ ގަރާރު އެޖެންޑާކޮށްފައިވަނިކޮށް އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ.
މަޖިލީހުން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ހަމައެކަނި ނައިބު ރައީސް ރިޔާސަތުގައި އިންނަވައިގެންނެވެ. އެއީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައިވާތީ އެވެ.
ނަމަވެސް، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތެރެއިން ބޭފުޅަކު ރިޔާސަތު ބެލެހެއްޓެވުމެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ވެސް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
މި މައްސަލައަށް ނަޝީދާއި އީވާ ނިސްބަތްވާ ދަ ޑިމޮކްރެޓްސް އާއި އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވާ ޕީއެންސީ/ޕީޕީއެމް އިން ތަދައްހުލްވާން ހުށަހަޅައިފަ އެވެ.
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
މަޖިލީހުގެ މައްސަލާގައި އާޒިމާ ފާޑުވިދާޅުވީ އޭޖީއަށް
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
މަޖިލިސް ކުރިއަށް ގެންދަން އޭޖީގެ ލަފާ ހޯދަނީ
އާ ރައީސް ހުވާކުރުމަށް ހުރަހެއް ނޭޅޭނެ: ސުޕްރީމް ކޯޓު
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގެ ހުކުމް މިއަދު
"ހުވާކުރާ ޖަލްސާގައި ނަޝީދުގެ މައްސަލަ އޮންނަންޖެހޭނެ"