06 ނޮވެމްބަރ 2023
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން 70 އަށް ވުރެ ގިނަ ގޮނޑި ނަގާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން 70 އަށް ވުރެ ގިނަ ގޮނޑި ނަގާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި 93 ދާއިރާގެ ތެރެއިން 70 އަށް ވުރެ ދާއިރާ ޕީޕީއެމް/ޕީއެންސީން ނަގާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.
"އެ ގޮތަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މި މަހުގެ 17 ގައި ރައީސުލްޖުމްހޫއްރިޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް އެއްބޭފުޅާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އާ ރައްޔިތުންގެ މަޖިލިހުގެ ސުޕަމެޖޯރިޓީ ހޯދަން ޕީޕީއެމް/ޕީއެންސީން މަސައްކަތް ފަށާފައިވާއިރު، އެ އިންތިހާބަށް އެ ކޯލިޝަނުން ވާދަކުރަން ނިންމާފައި ވަނީ ގުޅިގެންނެވެ. އެހެންވެ، އިންތިހާބަށް ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ އަަހަރުގެ ޖެނުއަރީ 20 ގައި ބާއްވަން އެ ކޯލިޝަނުން ވަނީ ނިންމައިފަ އެވެ. ޕްރައިމަރީ އަށް ހުޅުވާލާނީ އަންނ ޑިސެމްބަރު 20 އިން އެ މަހުގެ ނިޔަލަށެވެ.
އަބްދުއްރަހީމް މިއަދު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމީ އެ ކޯލިޝަންގެ ފައުންޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ކަމަށެވެ. ވިދާޅުވީ، ޕްރައިމަރީއާ ގުޅޭ ނޫސްބަޔާން ނެރުއްވީ ވެސް ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ކުރި މަޝްވަރާތަކަށް ފަހު ކަމަށެވެ.
"ރައީސް ޔާމީން ވެސް އެއްބަސްވާ ގޮތުގެ މަތިން ދެ ޕާޓީ އެކީގައި ޕްރައިމަރީއެއް ބާއްވައިގެން އެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅުންނާ އެކީގައި މަޖިލިސް އިންތިހާބުގައި ކުރިއަށް ދާން. ދެ ރައީސުން ވެސް އެއްބަސްވެވަޑައިގެންނެވި ގޮތް އެއީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީން މިހާރު ގެންދަނީ މަޖިލިސް އިންތިހާބާ ގުޅޭ ކެމްޕެއިންތައް އެކި ފެންވަރުގައި ކުރަމުންނެވެ.
ޕީއެންސީ ޕްރައިމަރީން ފުރުސަތު ނުދިނުމުން ހޫނުވެއްޖެ
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
އާނަ: އެހީތެރިއެއް، "ކޮންމެ މީހަކު ވެސް މުހިންމު"
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
"އަނިޔާވެރިއެއް ނުވާނަން، އެކަމަކު އިންސާފުވެރިވާނަން"
ޖޭޕީ ޓިކެޓް ދޫކޮށް، ނިޝާމާގެ ތާއީދު ފަޒީލަށް
ޕީއެންސީގެ ޓިކެޓް ލިބުނު ކޫކުގެ ތާއީދު ޒަމީރަށް
"ކާމިޔާބުކަމާއެކު ސަރުކާރު ހިންގަން މަޖިލިސް ބޭނުންވޭ"
މަޖިލިހުން ބޭނުންވީމަ ރައީސް ބަނދެވޭގޮތް ގަބޫލެއް ނޫން
ޕީއެންސީގެ ޕްރައިމަރީން ބަލިވުމުން ވަކިން ވާދަކުރަނީ